11 ޖުލައި 2019 - 14:28

މާލޭގެ ގެއެއްގެ ހަތަރު ވަނަ ބުރީގެ ވައިގޮޅިއަކުން ރޭ ދަންވަރު ވެއްޓި ބޮޑެތި އަނިޔާތަކެއްވި، އުމުރުން 76 އަހަރުގެ އަންހެންމީހާ މިއަދު މަރުވެއްޖެ އެވެ.
ލ. ކަލައިދޫ ހަވީރީގޭ ނަސީމާ ދާއޫދު މަރުވީ، ދަންވަރު 1:30 ހާއިރު، މ. ބަނާނާލީފްގޭގެ ވައިގޮޅިން ވެއްޓި އެވެ. މި ހާދިސާގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ދިއުމުގެ އިތުރުން ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ނަސީމާ މާލޭގައި ދިރިއުޅެނީ އާއިލާއާ އެކު އެވެ. އޭނާގެ އެއްވެސް ބައްޔެއް ހުރިކަން މިހާތަނަށް ފާހަގަވެފައެއް ނުވެ އެވެ.
އެ މީހާ ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމުން، ވައިގޮޅިން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ.
އެ މީހާ މަރުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ނަސީމާގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާގަ އެވެ.