ގަވައިދާ ހިލާފަށް ވަދެ އުޅުނު 4 މަސްބޯޓު އަތުލައިގެންފި
ގަވައިދާ ހިލާފަށް ވަދެ އުޅުނު 4 މަސްބޯޓު އަތުލައިގެންފި

ރާއްޖޭގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ހަތަރު މަސްބޯޓެއް ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ވ.ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުން ހަތަރު ބޯޓް ފެނުނީ އިންޑިއާގެ ކޯސްޓްގާޑާއި ދިވެހި ސިފައިން ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ކުރި މަސައްކަތެއްގައި ޑޯނިއާ މަތިންދާބޯޓުގައި ކަމަށެވެ.

ހަތަރު ބޯޓު ވެސް މިހާރު އޮތީ ކޯސްޓްގާޑް ޝިޕް "ޝަހީދު އަލީ" ގައި ތިބި ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އެ ބޯޓުތަކާ އެކު ސިފައިން މިހާރު އަންނަނީ މާލެ އަށް ދަތުރުކުރަމުން ކަމަށް މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯޓުތައް ގެނެސް ހުޅުމާލޭ ފަޅަށް ވެއްދޭނެ ކަމަށް ބެލެވެނީ މިިއަދު ހަވީރު 5:00 ހާއިރު އެވެ.

ރާޖޭގެ ސަރަހައްދަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ މަސްބޯޓު ގަވައިދާ ހިލާފަށް ވަދެ އެވެ. އެގޮތުން މިދިޔަ މާޗު މަހު ވެސް ސިފައިން ވަނީ ގަވައިދާ ހިލާފަށް އުޅުނު ހަތަރު ބޯޓެއް އަތުލައިގެންފަ އެވެ.