09 ޖުލައި 2019 - 23:58

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 11 ދަރިވަރަކު ދުނިޔޭގެެ އެއް ވަނަ ހޯދައިފި އެވެ.
މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިއުލާން ކުރި ގޮތުން، ފަސް މާއްދާއަކުން އެ ދަރިވަރުން ވަނީ އެއް ވަނަ ހޯދައިފަ އެވެ.
އަދި އޭގެ ތެރެއިން ދެ ދަރިވަރަކު ވަނީ ދެ މާއްދާއަކުން ދުނިޔޭގެ އެއްވަނަ ހާސިލްކޮށްފާ އެވެ. އެންމެ ގިނަ ދަރިވަރުން އެއް ވަނަ ހޯދާފައި ވަނީ އެކައުންޓިން އިންނެވެ.
ރާއްޖޭގެ އެއް ވަނަ ހަތަރު ދަރިވަރަކު ހޯދި އިރު އެ ކުދިންނަށް އިނާމު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
- އެކައުންޓިން އަދި އިކޮނޮމިކްސް: އައިޝަތު ސަހާ ރަޝީދު، ސ. ފޭދޫ، އައްޑޫ ހައި ސްކޫލް.
- އެކައުންޓިން އަދި ބިޒްނަސް ސްޓަޑީޒް: އަބްދުﷲ ޔަޒާން ރަޝީދު، އައްޑޫ ހައި ސްކޫލް.
- ބަޔޮލޮޖީ: މުހައްމަދު މިއުވާން މަސީހް، ސީއެޗްއެސްއީ.
- ފިޒިކްސް: މުހައްމަދު ތަހުސީން ހަސަން، ސީއެޗްއެސްއީ.
- އެކައުންޓިން: އަހުމަދު އަލްހާން އާދަމް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- އެކައުންޓިން: އައިމިނަތު ރިސާލާ، ފ. ބިލެއްދޫ ސްކޫލް.
- އެކައުންޓިން: ޝަމީލާ އަބްދުލްޖަމީލް، ބ. އަތޮޅު ތައުލީމީ މަރުކަޒު.
- އެކައުންޓިން: އަހުމަދު އިޖްލާލް، ބ. އަތޮޅު ތައުލީމީ މަރުކަޒު.
- އެކައުންޓިން: ހުސެއިން ސާނީ- އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް.
- އެކައުންޓިން: އިސްމާއީލް ނަފާލް އިބްރާހިމް، ސީއެޗްއެސްއީ.
- އެކައުންޓިން: އިމްކާން އިބްރާހިމް، ސީއެޗްއެސްއީ.
- މުހައްމަދު މިއުވާން މަސީހް، ލ. ގަން، ސީއެޗްއެސްއީ.
- މުހައްމަދު ތަހުސީން ހަސަން، ގދ. ފިޔޯރީ، ސީއެޗްއެސްއީ.
- އައިޝަތު ސަހާ ރަޝީދު، ސ. ފޭދޫ، އައްޑޫ ހައި ސްކޫލް.
- ޝައްމާހް ރަޝާދު، ސީއެޗްއެސްއީ.
މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި 195 ދަރިވަރުން ވަނީ ހިމެނިފަ އެވެ. އޭގެ ތެރެއިން ދެ ވަނަ ހާސިލްކުރީ ހަތް ދަރިވަރުން އަދި ތިން ވަނަ 14 ދަރިވަރުން ހޯދާފައި ވެ އެވެ.