ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި
ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

ލުތުފީ، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. އަދި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމަށް ފަހު، ލުތުފީ ފިލާފައި ވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނޭ. ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރީ ޖެނުއަރީ 16، 2010 ގައި. އޭގެ ފަހުން މިދިޔަ ނުވަ އަހަރު ވަންދެން ލުތުފީ އުޅުނީ ފިލައިގެން. ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން ލުތުފީ އުޅުނު ކަމަށް ވަނީ ލަންކާގައި.

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި
ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

ލުތުފީ، ފުލުހުންގެ މައި އިދާރާ އިން އަތޮޅުވެއްސަށް ގެންގޮސްފި. ކަރެކްޝަނަލް ސާވިސްއާ އޭނާ ހަވާލުކުރާނެ އިރެއް އަދިއެއް ނޭނގޭ.

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި
ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

ލުތުފީ، ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެންނަ ތަން ފޮޓޯ ނެގުމުގެ ފުރުސަތު ފުލުހުން ވަނީ މީޑިއާ އަށް ފަހިކޮށްދީފައި. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ފުލުހުންގެ އިދާރާގެ ކުރިމަތިން ވެސް ނޫސްވެރިންނާއި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންނަށް ފަސޭހައިން މަންޒަރު ނެގޭނެ ގޮތް ފުލުހުން ވަނީ ހަމަޖައްސައިދީފައި.

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި
ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

ފުލުހުންގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށް ލުތުފީ މިހާރު ވީ ފުލުހުންގެ މައި އިދާރާގައި. ދިވެހި ސަރުކާރުން ބުނެފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ލުތުފީ މޭ 1 ގައި ގޮސް އެތަނުގެ ބެލުމުގެ ދަށަށް އަމިއްލަ ދިއުމާ އެކު، އެ ދުވަހުން ފެށިގެން ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް.

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި
ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ޖެނުއަރީ 16، 2010 ގައި. އޭނާ އޭރު އިންޑިއާ އަށް ފޮނުވީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވިޔަސް ފަހުން ވަނީ ފިލާފައި. އަދި ލަންކާ އަށް ބަދަލުވެ، ގިނަ ދުވަސްތަކެއް އޭނާ ފިލައިގެން އުޅުނީ އެ ގައުމުގައި. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ލުތުފީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރިވެވަޑައިގަންނަވަމުން ވިދާޅުވެފައި ވަނީ ލުތުފީ މިހާތަނަށް ޖަލުގައި ހުކުމް ތަންފީޒު ކުރީ 21 އަހަރު ކަމަށް. އެހެންވެ، ލުތުފީގެ ހުކުމުގައި މިހާރު ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށް އިމްރާން ވިދާޅުވެފައިވޭ.

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި
ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

ލުތުފީ މިރޭ ރާއްޖެ ގެނައި އިރު ހުރީ، ކަޅު ކުލައިގެ ތޮއްޕެއް އަޅައިގެން އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ލައިގެން. ލުތުފީ ރާއްޖެ މި ގެނައީ ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު، މިދިޔަ މޭ 1 ގައި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އެތަނުގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިއުމުން. އޭނާ އެމްބަސީ އަށް ގޮސް އަމާންދިނީ، އޭޕްރީލް 21 ގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އިތުރަށް އެ ގައުމުގައި އުޅެވޭނެ ގޮތެއް ނެތިގެން. އޭނާ ލަންކާގައި އުޅެމުން ދިޔައީ ވިސާއެއް ނެތި. އެހެންވެ، ލުތުފީ ރާއްޖެ ގެންނަން 2،500 ޑޮލަރު ދިވެހި ސަރުކާރުން ޚަރަދު ކުރަން ޖެހުނު ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި.

ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި
ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

ލުތުފީ، ރާއްޖެ ގެނެސް ފުރަތަމަ ގެންދާ ގޮތަށް ނިންމާފައި ވަނީ ފުލުހުންގެ މައި އިދާރާ އަށް. އޭގެ ފަހުން އޭނާ ހަވާލުކުރާނީ ކަރެކްޝަނަލް ސާވިސްއާ. ބާޣީ ލުތުފީގެ ހުކުމުގެ ބާކީ ބައި ތަންފީޒު ކުރަން ގެންދާނީ މާފުށީ ޖަލަށް ކަމަށް އެނގިފައިވޭ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ ދިނުމުގެ މޭސްތިރި އަބްދުﷲ ލުތުފީ، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ދެންމެ ރާއްޖެ ގެނެސްފި. އީކޭ ފްލައިޓުން އޭނާ ރާއްޖެ ގެނެސް ފުލުހުންގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ނިންމުމަށް ފަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި.

މީގެ 31 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ މޭސްތިރި އަބްދުﷲ ލުތުފީ ނުވަ އަހަރު ވަންދެން ރާއްޖެ އިން ބޭރުގައި ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިއުމާ ގުޅިގެން، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ މިރޭ ރާއްޖެ ގެންނާނެ ކަމަށް ދިވެހި ފުލުހުން ދެންމެ ބުނެފި އެވެ.

މިރޭ 9:30 ގައި، އީކޭ ފްލައިޓުން ހ. ހާޖަރާގޭ ލުތުފީ ރާއްޖެ މި ގެންނަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށަށް މިދިޔަ މޭ 1 ގައި އޭނާ އަމިއްލަ އަށް ދިޔަ ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާއަރުވާލުމާ ހަމައަށް، ދިވެހި ސަރުކާރުން އެކަން އާންމުންނަށް ސިއްރު ކޮށްފައި އޮތުމުން އެތައް ބައެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި، ލުތުފީގެ ހުކުމްގެ ބާކީ ބައި ތަންފީޒު ކުރުމަށް ގެންދާނީ މާފުށީ ޖަލުގަ އެވެ.

ފުލުހުން ބުނީ، ލުތުފީ މާލެ ގެނެސް ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އޭނާ މިރޭ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ލުތުފީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ޖަވާބުދާރިވެވަޑައިގަންނަވަމުން ވިދާޅުވެފައި ވަނީ ލުތުފީ މިހާތަނަށް ޖަލުގައި ހުކުމް ތަންފީޒު ކުރީ 21 އަހަރު ކަމަށެވެ. އެހެންވެ، ލުތުފީގެ ހުކުމުގައި މިހާރު ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށް އިމްރާން ވިދާޅުވެފައި ވެ އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ހަމަލާގައި، ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން ލަންކާގައި ލުތުފީ އުޅެމުން އައީ ވިސާ ނެތި ކަމަށް ވާތީ، އޭނާ ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން 2،500 ޑޮލަރު ލަންކާގެ ކަމާ ބެހޭ އިދާރާތަކަށް ދައްކަން ޖެހުނެވެ.

ލުތުފީ ރާއްޖެ ނުގެނެވި ލަސްވުމުން އައި ފާޑުކިޔުންތަކާ ގުޅިގެން، ދިވެހި ސަރުކާރުން ބުނެފައި ވަނީ މައްސަލަ އަކަށް ވީ ލަންކާގެ ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔުން ނުލިބި ދިގުލައިގެން ދިއުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔުން އެންމެ ފަހުން ލިބިފައިވާ ކަމަށާއި ދެން ބޭނުންވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމަށެވެ. ބެލެވޭ ގޮތުގައި، ލުތުފީ މިރޭ ރާއްޖެ މި ގެންނަނީ އެ ލިޔުން ލިބުމާ ގުޅިގެންނެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލަ ދިނުމުގެ އިސް މީހާ ބާޣީ ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ޖެނުއަރީ 16، 2010 ގަ އެވެ. އޭނާ ރާއްޖެ އިން ބޭރަށް ފޮނުވީ މެޑިކަލް ބޯޑާއި ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ދީގެންނެވެ.

ލުތުފީ، އިންޑިއާ އިން ފަރުވާ ހޯދަން ހުއްދަ ދިނީ ތިން މަސް ދުވަހަށެވެ. ލުތުފީ އަނބުރާ ނައުމާ ގުޅިގެން އޭނާ ހޯދުމަށް އެކި ފަހަރު މަތިން ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި އެވެ.

ލުތުފީ، ރާއްޖެ ގެނައުން ލަސްވަމުންދާ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެއީ ރާއްޖޭގެ މި ޒަމާނުގެ ތާރީޚު ދުށް އެންމެ ބޮޑު ޚާއިނު އަދި ކުށްވެރިޔާ ކަމަށެވެ. އަދި ލުތުފީ އަށް މާފުދިނުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ލުތުފީ ދިޔަ ކަން ފުރަތަމަ ދުވަހު ވެސް އެނގިވަޑައިގެންނެވި ކަމަށެވެ. ލުތުފީ އެމްބަސީ އަށް ވަނީ މެއި 1 ގައި ކަމަށާއި އެ ވަގުތުން ފެށިގެން ލުތުފީ އަށް ފިލުމުގެ ދެ ވަނަ ފުރުސަތެއް ނުލިބޭނެ ކަން ޔަގީން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.