08 ޖުލައި 2019 - 23:42

ހާޑްވެއާގެ އެކި ސާމާނު ލިބެން ހުންނަ "ހާޑްވެއާ ލެބް" ގެ އާ ފިހާރައެއް މިރޭ ހުޅުވައިފި އެވެ.

ޖަނަވަރީ މަގުގައި ހުޅުވި މި ފިހާރައަކީ ހާޑްވެއާ ލެބްގެ ހަތަރު ވަނަ ފިހާރަ އެވެ. މި ފިހާރައިން ވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ސާމާނު ލިބެން ހުރެ އެވެ. މީގެ ތެރޭގައި މަކިޓާ، އުޝާ، ސްޓޭންލީ ފަދަ ބްރޭންޑްތަކުުގެ ތަފާތު ސާމާނު ހިމެނެ އެވެ.

ހާޑްވެއާ ލެބުގެ ޑިރެކްޓަރު ހަސަން ޒާހިދު ވިދާޅުވީ މިރޭ ހުޅުވި ފިހާރައަކީ ކަސްޓަމަރުންނަށް ފަސޭހައިން ހާޑްވެއާގެ ސާމާނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ހުޅުވި ފިހާރައެއް ކަމަށެވެ. އަދި ހާޑްވެއާގެ ސާމާނު ވިއްކާ ގިނަ ފިހާރަތަކެއް ހުންނަ ސަރަހައްދެއްގައި މި ފިހާރަ ހުޅުވުމަކީ ވެސް ކަސްޓަމަރުންނަށް ލިބޭނެ އިތުރު ފަސޭހަކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިޔަފާރި ފެށުނީއްސުރެ ބަލަމުން މިދަނީ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތްތަކެއް ހޯދުމަށް. ފަސޭހައިން އެއްޗެހި ފެންނަން ހުރުމަކީ އަބަދުވެސް ކަސްޓަމަރުން ބޭނުންވާ ގޮތް. ދެން މި ޝޯރޫމް ހުޅުވި ހިސާބަކީ ވެސް ގިނަ ހާޑްވެއާ ފިހާރަތަކެއް ހުންނަ ހިސާބަކަށް ވުމުން ކަސްޓަމަރުންނަށް ވަރަށް ފަސޭހަ ވާނެ،" ހަސަން ޒާހިދު ވިދާޅުވި އެވެ.
ހާޑްވެއާ ސާމާނު ގަންނަ ފަރާތްތަކަށް ގިނަ ފަހަރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ގަންނަ ސާމާނު ގެއާ ހަމައަށް ނުވަތަ ބޯޓު ފަހަރާ ހަމައަށް ނުގެންދެވުމެވެ. ނަމަވެސް މިރޭ ހުޅުވި މި ފިހާރައިން ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ. ޑެލިވަރީ އަށް އަބަދުވެސް ފިހާރައިގެ މުވައްޒަފުން އިސްކަން ދޭނެ ކަމަށް ހަސަން ޒާހިދު ވިދާޅުވި އެވެ. އެގޮތުން އެ ފިހާރައިގެ ނަންބަރު 3004010 އަށް ގުޅައިގެންނާއި ވައިބާ އަދި އެ ފިހާރައިގެ އީމެއިލް[email protected]ގެ ޒަރީއާ އިން ޑެލިވަރީއަށާއި ކޮޓޭޝަން ހެދުމަށް ހުށަހެޅޭނެ އެވެ.
ހާޑްވެއާގެ ހުރިހާ ސާމާނެއް ލިބެން ހުންނަ މި ފިހާރައިން ތަފާތު ސްކީމްތަކުގެ ދަށުން ވެސް މުދާ ނެގޭނެ އެވެ. އެގޮތުން އެމްއެފްއެލްސީގެ ދަށުން މިހާރު ވެސް އެ ފިހާރައިގެ ކަސްޓަމަރުންނަށް މުދާ ގަނެލެވޭނެ އެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްލާމިކް ބޭންކުގެ ސްކީމްގެ ދަށުން ވެސް މުދާ ގަނެލެވޭނެ ކަމަށް ހަސަން ޒާހިދު ވިދާޅުވި އެވެ.
މިރޭ މި ފިހާރަ ހުޅުވުމާ އެކު ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ މި ފިހާރައަށް ޒިޔާރަތް ކޮށްފަ އެވެ. އެގޮތުން އެއް ކަސްޓަމަރަކު ބުނީ މި ފިހާރައިގައި އެންމެ ފަހުގެ ކޮލިޓީ ރަނގަޅު ސާމާނު ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.