11 ސެޕްޓެމްބަރ 2016 - 11:05

ފްރާންސުގެ ނަން މަޝްހޫރު ބްރޭންޑު ކްރިސްޓިއަން ލޫބުޓާން މުޅި ދުނިޔެއަށް މަގުބޫލު ވެފައިވަނީ އެ ބްރޭންޑުގެ ބޫޓު ތަކަށެވެ. ހާއްސަކޮށް އެ ބޫޓުތަކުގެ ގަދަ ރަތް ކުލައިގެ ދަށްފުށަ ށެވެ. އެ ބްރޭންޑް 90ގެ އަހަރުތަކުގައި ފަރުމާކޮށް ވިއްކީ ހަމައެކަނި ބޫޓެވެ. ނަމަވެސް މިހާރު ލިޕްސްޓިކާއި ނެއިލް ޕޮލިޝް ފަދަ ކޮސްމެޓިކް އުފެއްދުންތައް ވެސް ތައާރަފުކޮށް ލޫބުޓާންގެ ވިޔާފާރި ފުޅާކޮށްލައިފި އެވެ.
ލޫބުޓާން ބްރޭންޑުގެ ޑިޒައިނާ ކްރިސްޓިއަން ލޫބުޓާން މި މަހު އާ ވައްތަރެއްގެ ކޮސްމެޓިކް އުފެއްދުމެއް ލޯންޗުކޮށްފި އެވެ.
ބިކިނީ ކެސްޓަ ސެރަ، ޓޯނޭޑް ބްލަންޑް އަދި ޓްރަބްލް އިން ހެވަންގެ ނަން ދީފައިވާ ތަފާތު ތިން ވަހެއް ދުވާ ސެންޓު ފުޅިތަކެއް ވަނީ ތައާރަފްކޮށްފަ އެވެ.
"އަހަރެން ބޭނުންވީ މި ސެންޓުތަކުން އަންނެހެެނެއްގެ ސިފަތަކުގެ ތެރެއިން އެއް ސިފައެއް ފާހަގަކޮށްލަން ނުވަތަ އާއްމުކޮށް ނުފެންނަ ސިފައެއް ހާމަކޮށްލަން" ޑިޒައިނާ ލޫބުޓާން ބުނެފައިވެ އެވެ.
މުށި، ރަތް އަދި ދަނބު ކުލައިގަ ޗާލު ބައްޓަމަކަށް ފަރުމާކޮށްފައިވާ ބިއްލޫރި ސެންޓު ފުޅިތައް ޑިޒައިންކުރީ މަޝްހޫރު އާކިޓެކްޓް ތޯމަސް ހެދާވިކް އެވެ. ތޯމަސް ހެދާވިކް އަކީ އިނގިރޭސިވިލާތުގައި ބޭއްވި އޮލިމްޕިކްސްގެ ކޯލްޑްރަން، ސިންގަޕޯގެ 'ކޯނާލެސް' އިމާރާތް އަދި ކޭޕް ޓައުންގެ އާޓް މިއުޒިއަމް ފަދަ ތަފާތު އަދި ހައިރާންކޮށްލަނިވި ރީތި އެކި އިމާރާތްތައް ފަރުމާކޮށްފައިވާ ޑިޒައިނަރެކެވެ.
ބިކިނީ ކެސްޓަ ސެރަ އިން ދުވަނީ ހުވަނދު މާ އަދި ޓިއުބްރޯޒްގެ ވަހެވެ. ފިނިފެންމަލުގެ ވަހާއި، ކެސިސް އަދި ފޮނި ވައިލެޓްގެ ވަސް ޓޯނޭޑް ބްލަންޑްއިން ދުވަ އެވެ. ޓްރަބްލް އިން ހެވަންގައި ހިމެނެނީ ޕަޗޫލީ، ޓޮންކާ އަދި އެމްބާގެ މަސްކް ވަހެކެވެ. ލޫބުޓާންގެ ކޮންމެ 2.7 އައުންޒުގެ ސެންޓު ފުޅިއެއް ވިއްކަނީ 275 ޑޮލަރަށެވެ.