08 ޖުލައި 2019 - 17:00

ޓޫރިސްޓުންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ރާއްޖޭގެ 19 ރަށެއްގައި 43 ސޭފްޓީ ބޯޑު ބަހައްޓަން ހަވާލުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލަމަތީ ކަންތައްތައް ހަރުދަނާ ކުރުމަށް ފެށި ސޭފްޓި ޕްރޮގްރާމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރާ ގުޅިގެން ބަހައްޓާ ބޯޑުތަކެކެވެ. އެންމެ ފުރަތަމަ މި ބޯޑުތައް ބަހައްޓާފައި ވަނީ ހުޅުމާލޭގަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސޭފްޓީ ބޯޑުތައް ބަހައްޓަން އިސްކަން ދީފައިވަނީ 100 އަށް ވުރެ ގިނަ އެނދު ހުންނަ ރަށްތަކަށް އިސްކަން ދޭ އުސޫލުން ކަމަށެވެ. ކުރިއަށް އޮތް 45 ދުވަސް ތެރޭގައި މި ބޯޑުތައް ބަހައްޓާ ނިމޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިނިސްޓްރީ އާއި ލިކަމެކްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 45 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ޖެހޭނެ. މިގޮތުން އަޅުގަނޑުމެންގެ މިނިސްޓްރީން މިހާރު ވަނީ ބޯޑުތައް ބަހައްޓާނެ ރަށްތައް ނިންމާފައި. އެގޮތުން އަޅުގަނޑުމެން ބެލީ 100 އެނދަށް ވުރެ ގިނަ އެނދު ހުންނަ ރަށްތަކަށް އިސްކަން ދިނުމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
- ބ. ދަރަވަންދޫ
- އއ. އުކުޅަސް
- އއ. ރަސްދޫ
- އއ. ތޮއްޑޫ
- ތ. ދިގުރަށް
- އދ. ހަންޏާމީދޫ
- ކ. ދިއްފުށި
- ކ. ގުޅި
- ކ. ގުރައިދޫ
- ކ. ތުލުސްދޫ
- ކ. މާފުށި
- ކ. ހިންމަފުށި
- ކ. ހުރާ
- ވ. ތިނަދޫ
- ލ. ގަން
- އައްޑޫ ސިޓީ ހިތަދޫ
މި ރަށްތަކުގައި ސޭފްޓީ ބޯޑުތައް ބަހައްޓަނީ ޓޫރިޒަމް މިނިސްޓްރީ އާއި ލިކަމެކް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެންނެވެ.