09 ޖުލައި 2019 - 07:05

މިދިޔަ އަހަރު ތާޕްސީ ޕައްނޫ ލީޑް ރޯލަށް ލައިގެން، ސިޔާސީ ކޯޅުމެއްގެ ތެރެއިން ހިނގާ ކޯޓް ޑްރާމާއެއްގެ ވާހަކަ ކިޔައިދިން ފިލްމު "މުލްކް" އަށް ފަހު، އަނޫބަވް ސިންހާގެ އިތުރު ފިލްމަކަށް ތާޕްސީ ސޮއިކޮށްފި އެވެ.
މި ފަހަރުގެ ފިލްމަކީ ކައިވެންޏެއްގެ ތެރޭގައި އަންހެނަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ "ތައްޕަޅު" އެވެ. ފިލްމުން ފުރުސަތު ލިބުމުން އެ ވާހަކަ ޓްވިޓާގައި ހިއްސާކުރަމުން ތާޕްސީ ބުނީ މި ފަހަރުގެ ފިލްމަކީ އޭނާގެ ހިތާ ވަރަށް ގާތް އަދި ކުޅެލަން ވަރަށް ބޮޑަށް ބޭނުންވާ ކަހަލަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ.
"ތައްޕަޅް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް 8 ގަ އެވެ.
އަނޫބަވްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 28 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާވެރިއެއް ކުރަމުން އަންނަ އަޔޫޝްމަން ކުރާނާގެ "އާޓިކަލް 15" އެވެ.
ތާޕްސީ ޕިންކްވިލާ އަށް ބުނީ "ތައްޕަޅް" ގެ ޝޫޓިން މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
"އަހަރެން ވަރަށް އުފާވި މުލްކް ކުޅެން ވެސް ލިބުނީމަ. އެ ފިލްމަކީ ސީދާ އަހަރެންގެ ކެރެކްޓާ އަށް ފޯކަސްކޮށްފައި އޮތް ފިލްމަކަށްވެފައި، އެހާ އިތުބާރުކޮށްފައި ފިލްމު ސެންޓްރަލް ކެރެކްޓާ ކުޅެން އަނޫބަވް ސާ ދިނުމަކީ ވަރަށް ބޮޑު އުފަލެއް. އަދި އެ ފިލްމުން އަހަރެންގެ ކޮންފިޑެންސް ލެވެލް ވެސް އެތައް ގުނައަކަށް އިތުރުވި،" މި އަހަރު ރިލީޒް ކުރި "ބަދުލާ" އާއި "ގޭމް އޯވާ" ގެ ބަތަލާ ބުންޏެވެ. "އަހަރެން ވަރަށް ގަޔާވޭ މިހާރު މުޖުތަމައު ތެރޭގައި ހުންނަ ހަގީގީ މައްސަލަތަކަށް ބިނާކޮށް ހަދާ ފިލްމުތަކުގައި މަސައްކަތް ކުރަން."
އިންޑިއާގެ ސައުތުގެ ފިލްމުތައް ވެސް ކުޅޭ ތާޕްސީ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ހިންދީ ފިލްމަކީ އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" އެވެ. އަދި އޭނާގެ "ސާންޑް ކީ އާންކް" އޮކްޓޯބަރު މަހުގެ 25 ގައި ސިނަމާތަކަށް އަންނާނެ އެވެ.
އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ތަރި މިތާލީ ރާޖްގެ ބައޮގްރަފިކަލް ޑްރާމާ ވެސް "ނާމް ޝަބާނާ" އާއި "ޖުޅުވާ 2" އަދި "ޕިންކް" ފަދަ ފިލްމުތައް ކުޅެފައިވާ ތާޕްސީ އަށް ވަނީ ހުށަހަޅައިފަ އެވެ.