ކުޑަކުދިންނަށް ހާއްސަ "ލާރާ އަމާން" ވާހަކަ ފޮތް ނެރެފި
ކުޑަކުދިންނަށް ހާއްސަ "ލާރާ އަމާން" ވާހަކަ ފޮތް ނެރެފި

ކުޑަކުދިންނަށް ހާއްސަކޮށްގެން "ލާރާ އަމާން" ނަމުގައި ދިވެހި ފޮތް ބައެއް އިއްޔެ ނެރެފި އެވެ.

ކުޑަކުދިންނަށް ހާއްސަ "ލާރާ އަމާން" ވާހަކަ ފޮތް ނެރެފި
ކުޑަކުދިންނަށް ހާއްސަ "ލާރާ އަމާން" ވާހަކަ ފޮތް ނެރެފި

މި ފޮތްތަކަކީ އޮސްޓްރޭލިއާގެ ލިޔުންތެރިއެއް ކަމަށްވާ ސެލީ ރިޕިންގެ "ބިލީ ބީ ބްރައުން"ގެ ތަރުޖަމާއެކެވެ. މި ފޮތްތައް ދިވެހިި ބަހުން ތައްޔާރުކުރީ ޝަޒްނާ އަލީ އެވެ. އޭގައި ޕްރައިމަރީ ސްކޫލުގައި ދަރިވަރެއްގެ ހަޔާތުގައި ދިމާވި ކަންތައްތަކާއި އެ ދަރިވަރުންގެ އިހްސާސްތަކާއި ގޮންޖެހުންތަކުގެ ވާހަކަތައް ގެނެސްދީފައިވެ އެވެ.

ކުޑަކުދިންނަށް ހާއްސަ "ލާރާ އަމާން" ވާހަކަ ފޮތް ނެރެފި
ކުޑަކުދިންނަށް ހާއްސަ "ލާރާ އަމާން" ވާހަކަ ފޮތް ނެރެފި

"ބިލީ ބީ ބުރައުން" ގެ ފޮތްތައް މިހާރު ވެސް 10 ބަހަކަށް ތަރުޖަމާކޮށްފައިވެ އެވެ. އަދި އެ ފޮތްތަކުގެ ފަސް މިލިއަނަށް ވުރެ ގިނަ ކޮޕީ ވަނީ ވިކިފަ އެވެ.

ކުޑަކުދިންނަށް ހާއްސަ "ލާރާ އަމާން" ވާހަކަ ފޮތް ނެރެފި
ކުޑަކުދިންނަށް ހާއްސަ "ލާރާ އަމާން" ވާހަކަ ފޮތް ނެރެފި

ޝަޒްނާ "މިހާރު" އަށް ބުނީ ދިވެހި ބަހުން ފޮތެއް ތައްޔާރު ކުރުމުގެ ހިޔާލު އައީ އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅަށް ސްކޫލުން ފޮތްކިޔަން ހަވާލުކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ. "ޕްރޮފިޝެންޓް ރީޑާ ބެޖް" ހޯދަން އަހަރެއްގެ ތެރޭގައި 50 ދިވެހި ވާހަކަ ފޮތް ކިޔަން ޖެހެ އެވެ. އެހެންވެ، ދިވެހި ވާހަކަ ހޯދުމަށް ޝަޒްނާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

"މިފަދަ ފޮތް ދިވެހި ބަހުން ލިޔެފައި ހުންނަ ވަރު މަދު. އެހެންވެ ގަސްދުކުރީ ދަރިފުޅު ވަރަށް ޝައުގުވެރިކަމާ އެކު ކިޔަމުން އަންނަ އިނގިރޭސި ވާހަކަ ފޮތުގެ ދިވެހި ތަރުޖަމާއެއް ނެރެން،" ހަ އަހަރުން މަތީގެ ކުދިންނަށް ހާއްސަކުރި ފޮތާ ގުޅޭ ގޮތުން ޝަޒްނާ ބުންޏެވެ.

ލާރާ އަމާން ސީރީޒްގެ ފަސް ފޮތް ނެރެފައި ވެ އެވެ. އެ ކޮންމެ ފޮތެއްގައި 43 ސޮފްހާ ހިމެނޭއިރު ފޮތް ގަންނަން ލިބޭނީ 80ރ. އަށެވެ.

ޝަޒްނާ ބުނިގޮތުގައި، މި ވަގުތު ފޮތް ގަންނަން ލިބޭނީ "ކުޑަ ފޮޮތް" ނަމުގައި އޭނާ ހަދާފައިވާ ފޭސްބުކް އަދި ޓްވިޓާ އެކައުންޓުންނެވެ. ނަމަވެސް ބުކްޝޮޕްތަކުން ވަރަށް އަވަހަށް ފޮތް ލިބޭނެ ކަމަށް ބުންޏެވެ.