އެންމެ ބިޒީ ތަރި: ރެއަކު ރަށެއްގައި!
އެންމެ ބިޒީ ތަރި: ރެއަކު ރަށެއްގައި!

އީދު ފަދަ ހާއްސަ މުނާސަބުތަކާ އެކު ދިވެހި ފަންނާނުންނަށް އަބަދު ވެސް ވަރަށް ބޮޑު ޑިިމާންޑެއް އޮވެ އެވެ. ލަވަ ކިޔުންތެރިންނާއި ބޭންޑްތަކާއި ނަށާ ގްރޫޕްތަކާއި ފިލްމީ ތަރިންގެ ޝޯތަކަށް ބެލުންތެރިން އަބަދުވެސް އިންތިޒާރު ކުރެ އެވެ.

އެންމެ ބިޒީ ތަރި: ރެއަކު ރަށެއްގައި!
އެންމެ ބިޒީ ތަރި: ރެއަކު ރަށެއްގައި!

ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި އީދު ފަދަ ދުވަސްތަކުގައި ފަންނާނުންގެ ފޯރި ވަކިން ގަދަވެ އެވެ. މި ފަހަރުގެ ބޮޑު އީދަކީ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) އަށް އަނެއްކާ ވެސް ވަރަށް ބިޒީ އީދެކެވެ.

އީދު ބަންދު ތެރޭގައި އޭނާގެ ފަސް ޝޯއެއް ތާވަލްކޮށްފައި އެބަ އޮތެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ސުނީތާ ފެނިގެން ދާނީ މާލޭގައި ބާއްވާ ޝޯއަކުންނެވެ. އޭގެ ފަހުން ވެސް މި މަހުގެ 14 ވަނަ ދުވަހުގެ މާލޭ ކާނިވަލް ސަރަހައްދުގައި ސުނީގެ ފަރި ހަރަކާތްތައް ފެނިގެން ދާނެ އެވެ.

މީގެ އިތުރުން މާލެ އަތޮޅު ދިއްފުށީގައި ސުނީ ޕަފޯމް ކުރާނީ މަހުގެ 12 ވަނަ ދުވަހުގެ އެވެ. ށ. ފުނަދޫގައި 13 ވަނަ ދުވަހުގެ ރޭ ޝޯއެއް ދިނުމަށް ފަހު ލ. ގަމުގައި 15 ދުވަހުގެ ރޭ ވެސް ސުނީގެ ޝޯއެއް އޮންނާނެ އެވެ.

ސުނީއަކީ ރާއްޖޭގައި މިހާރު ތިބި ނެށުންތެރިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު ނެށުންތެރިޔާ ވެސް މެ އެވެ. ހާއްސަކޮށް އޭނާގެ މަގުބޫލްކަން ބޮޑުވެގެން ދިޔައީ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ރާއްޖޭގެ އެންމެ ބޮޑު ފޭނަކީ އޭނާކަން ސާބިތުކޮށް ދިން ހިސާބުންނެވެ.

އެހެންވެ ސުނީގެ ހަރަކާތްތަކަށް ކުރިއަށް ވުރެ މާ ބޮޑު ފޯރިއެއް މިހާރު އޮވެ އެވެ. އަނެއްކޮޅުން ސުނީ އާ އެކު ސެލްފީއެއް ނަގާލަން ލިބުމަކީ ވެސް މިހާރު އާދައިގެ ކަމެއް ނޫނެވެ. ސުނީގެ ޝޯތައް ބާއްވާ ރަށްރަށުން ސެލްފީގެ ފޯރި ވެސް ފެނިގެންދާނެކަން ޔަގީނެވެ.