ގްލޯބަލް ވެޓަރަންސް ޗެމްޕިއަންކަން ސޮކަ ވެޓަރަންސް އަށް
ގްލޯބަލް ވެޓަރަންސް ޗެމްޕިއަންކަން ސޮކަ ވެޓަރަންސް އަށް

ތައިލެންޑުގައި ކުރިޔަށް ދިޔަ ގްލޯބަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ސޮކަ ވެޓެރަންސް އެސޯސިއޭޝަނުން ހޯދައިފި އެވެ.

ލީގު އުސޫލުން ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ހޯދީ މެޗަކުން ބަލިނުވެ، ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށް، އެއް މެޗު އެއްވަރުކޮށްގެންނެވެ.

ރާއްޖެ އަށް މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ލިބުނީ ފަހު މެޗުގައި ބުރުނާއި ގެ ވެޓަރަންސް ޓީމުގެ މައްޗަށް 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ރާއްޖެއާ އެއްވަރަށް ތައިލެންޑްގެ ވެޓެރަންސް ޓީމަށް ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ލަނޑުން ކުރި ލިބުނީ ރާއްޖެ އަށެވެ.

- ސޮކަ ވެޓެރަންސް 3-1 މެލޭޝިއާ ވެޓެރަންސް

- ތައިލޭންޑް ވެޓެރަންސް 0-0 ސޮކަ ވެޓަރަންސް

- ސޮކަ ވެޓެރަންސް 1-0 އިންޑިއާ ވެޓަރަންސް

- އިންޑޮނޭޝިއާ ވެޓެރަންސް 0-3 ސޮކަ ވެޓެރަންސް

- ސިންގަޕޫރު ވެޓެރަންސް 0-1 ސޮކަ ވެޓެރަންސް

- ބްރުނާއީ ވެޓެރަންސް 0-7 ސޮކަ ވެޓެރަންސް

މި މުބާރާތުގެ ގަވައިދު ބުނާގޮތުން ކޮންމެ ޓީމެއްގައި 40 އަހަރުން މަތީގެ ފަސް ކުޅުންތެރިންނާއި 45 އަހަރުން މަތީގެ ފަސް ކުޅުންތެރިންގެ އިތުރުން 49 އަހަރުގެ އެއް ކުޅުންތެރިޔަކު ކުޅެންޖެހެ އެވެ.

އަހުމަދު ނިޔާޒު، އަލީ ޝަމީމް، ލިރުގާމް ސައީދު (ލަރޭ)، މައުސޫމް އަބްދުލް ގަފޫރު (މާސޭ)، އިސްހާގު އީސާ، ބިންމާ އަބްދުﷲ ވަހީދު، އަލީ އާދިލް ރަޝީދު، އަހުމަދު ޒިޔާދު، އަހުމަދު ރަޝީދު، އަބްދުﷲ ރަޝީދު، އަބްދުﷲ ވަހީދު، މުހައްމަދު ޒެނިތު އަދި އަލީ ރިޒާ.