05 ޖުލައި 2019 - 13:59

ފަސް އަހަރުން މިލިއަނަރަކަށް ވެވިދާނެ ގޮތަކާ ގުޅޭ ގޮތުން މައި ކޮލެޖުގެ ޗެއާމަން އަހުމަދު މުއްތަކީ ލިޔުއްވި ފޮތެއް އިއްޔެ ނެރެފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި "ދަ ފައިވް އިޔަ މިލިއަނަޔާ ޕްލޭން" ނެރެދެއްވީ ހަޔަ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމެވެ.
އެމެޒޯން އާދި ކިންޑާ އިން ވެސް ގަންނަން ލިބޭ، އިނގިރޭސި ބަހުން ލިޔެފައިވާ 97 ސަފުހާގެ ފޮތުގައި ތަފާތު ހިޔާލުތައް ހޯދާނެގޮތާއި އަތުގައި ފައިސާއެއް ނެތަސް މަސައްކަތްކުރާނެ ގޮތް ކިޔައިދީފައިވެ އެވެ. އަދި ކާމިޔާބީއާ ހަމައަށް ވާސިލްވި ބައެއް މީހުންގެ ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ.
މީގެ 13 އަހަރު ކުރިން އުފެއްދި މައި ކޮލެޖުގެ 19 ގޮފި މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަ އެވެ. އަދި އެތަނުން ކޮންމެ އަހަރަކު ވެސް ހާހެއްހާ ދަރިވަރުން ދަސްވެނިވެ އެވެ. އަދި މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް މައި އިންޓަނޭޝަނަލް ސްކޫލުތައް އަންނަނީ ހިންގަމުންނެވެ.
މުއްތަކީ ވިދާޅުވީ މިލިއަނަރަކަށްވާނެ ގޮތުގެ ފޮތް ލިޔުމުގެ ހިޔާލު އައީ ސެމިނާއެއްގައި އޭނާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އެ ސެމިނާގައި ބައިިވެރިވި މީހަކު ވަނީ މިލިއަނަރަަކަށް ވާނެ ގޮތުުގެ ފޮތެއް ލިޔެދިނުމަށް އެދިފަ އެވެ.