04 ޖުލައި 2019 - 13:48

އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަމަށް ބަންގްލާދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތުހުމަތަށް ހައްޔަރުކުރީ ބަންގަލްދޭޝްގެ 38 އަހަރުގެ މީހެއް ކަމަށާއި އެ މީހާ ހައްޔަރުކުރީ ދެކުނުގެ އަތޮޅެއްގެ ރަށަކުން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ބިދޭސީ މީހާ އަކީ ކުޑަކުއްޖާގެ ގޭގައި ގެންގުޅޭ މީހެކެވެ.
ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތަށް ހައްޔަރުކޮށް ބަންދުގެ މުއްދަތަށް ގެންދިއުމުން އެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.