ލަންކާ އަކީ މިހާރު އިންވެސްޓަރުންނަށް "ސުވަރުގެއެއް": ސަމަރަވީރާ
ލަންކާ އަކީ މިހާރު އިންވެސްޓަރުންނަށް "ސުވަރުގެއެއް": ސަމަރަވީރާ

ޓޯކިޔޯ (މެއި 29) - އެއް ދުވަސްވަރެއްގައި ޓޫރިސްޓުން ސްރީ ލަންކާ އަށް ދަތުރު ކުރަން ޖެހިލުންވި ނަމަވެސް މިހާރު އެ ގައުމަކީ އިންވެސްޓަރުންނަށް "ސުވަރުގެއެއް" ކަމަށް ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

ލަންކާ އަކީ މިހާރު އިންވެސްޓަރުންނަށް "ސުވަރުގެއެއް": ސަމަރަވީރާ
ލަންކާ އަކީ މިހާރު އިންވެސްޓަރުންނަށް "ސުވަރުގެއެއް": ސަމަރަވީރާ

ރައީސް މައިތުރިޕާލާ ސިރިސޭނާ އެކު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ސަމަރަވީރާ ވިދާޅުވީ ލަންކާ ސަރުކާރުގެ ހިންގުން ހަރުދަނާވުމުގެ ނަތީޖާ އަކީ ޖީ-7 ސަމިޓުގައި ލަންކާ ވަފުދަށް ހޫނު މަރުހަބާއެއް ކިޔުން ކަމަށެވެ. އަދި މިއީ ކުރު މުއްދަތެއްގެ ތެރޭގައި ލަންކާ ސަރުކާރު ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން މިއީ ލަންކާގެ ޚާރިޖީ ސިޔާސަތު ކާމިޔާބުވުމުގެ ރަމްޒެއް ކަމަށް ސަމަރަވީރާ ވިދާޅުވި އެވެ.

މިއީ ޖީ-7 ގެ ސަމިޓަށް ލަންކާގެ ރައީސަކަށް ދައުވަތު ދެއްވި ފުރަތަމަ ފަހަރެވެ. މި އަހަރުގެ ސަމިޓުގެ ވަނީ ޑިމޮކްރެސީ އާއި މިނިވަންކަން އަދި އިންސާނީ ހައްގުތަކަށް އިސްކަން ދީފަ އެވެ.