02 ޖުލައި 2019 - 20:22

ވެހިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލުކޮށް އަދި ފޯނު ބޭނުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.
ފުލުސް އޮފީހުން ބުނީ ވެހިކަލް ދުއްވަމުން ސިނގިރޭޓު ބޮއި، ފޯނު ބޭނުން ކުރުން ފަދަ ގަވައިދާ ހިލާފު އަމަލުތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ. އަދި މިކަންކަން ހުއްޓުވުމަށް ޓްރެފިކް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ގަވައިދުވާ ގޮތުގެ މަތިން، އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އަދި ފޯނު ބޭނުން ކުރާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.