02 ޖުލައި 2019 - 18:13

ރޯގާ ޖެހިގެން މި ދުވަސްވަރު އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެ ހޮސްޕިޓަލުގައި މިއަދު ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި އެ ކްލިނިކުން 24 ގަޑިއިރު ހިދުމަތް ދޭނެ އެވެ.
ހިދުމަތް އަވަސް ކުރުމުގެ ގޮތުން ހުޅުވި ފްލޫ ކްލިނިކުން އެޕޮއިންޓްމެންޓަކާ ނުލައި ވެސް ޑޮކްޓަރަށް ދެއްކޭނެ އެވެ.
އަރިދަފުސް ރޯގާގެ އިތުުރުން އިންފްލުއެންޒާ ވެސް މިދުވަސްވަރު އަންނަނީ ފެތުރެމުންނެވެ.
ހުމާއި އަރިދަފުސް ރޯގާ އާއި ސްވައިން ފްލޫއާ ގުޅިގެން، 2017 ވަނަ އަހަރު ވެސް އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވި އެވެ. މާލޭގައި ހަލުވިކަމާ އެކު ހުމާއި އަރިދަފުސް ރޯގާ ފެތުރި، އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް ބާރު ބޮޑުވެގެން ކުޑަ ދުވަސްކޮޅަކަށް ތާޖުއްދީން ސްކޫލްގައި ވެސް ފްލޫ ކްލިނިކް ހިންގި އެވެ.