02 ޖުލައި 2019 - 16:09

ލަންޑަން (ޖުލައި 2) - ލަންޑަނުގެ ހީތުރޯ އެއާޕޯޓަށް ޖައްސަން ދިޔަ ކެންޔަން އެއާވޭސްގެ މަތިންދާ ބޯޓަކުން ވެއްޓުނު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ލަންޑަނުގެ ބަގީޗާއެއްގެ ތެރޭން ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާ ވެއްޓުނީ ނައިރޯބީން ދަތުރުކުރި ކެންޔަން އެއާވެސްގެ މަތިންދާ ބޯޓުގެ ލޭންޑިން ގިއާ ކޮމްޕާޓްމަންޓުގެ ތެރޭން ކަމަށް ބެލެވޭ ކަމަށެވެ. މަންޒަރު ދުށް މީހަކު ބުނީ އެ މީހާ ވެއްޓުނީ ބަގީޗާގައި ސަންބާތު ކުރަން އޮތް މީހަކާ މީޓަރަކާ ކައިރިއަށް ކަމަށެވެ.
މެޓް ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހަދާނެ ކަމަށެވެ. ފުލުހުން ލަފާ ކުރަނީ އެއީ މަތިންދާ ބޯޓުން ލަގޭޖް ބާލަން އުޅުނު މީހެއް ކަމަށެވެ.
ކެންޔަން އެއާވޭސް އިން ބުނީ ބޯޓު އިންސްޕެކްޓްކޮށްފައިވާ ކަމަށާއި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ލޭންޑިން ގިއާ ކޮމްޕާޓްމަންޓް ތެރޭން ވަނީ ދަބަހަކާއި ފެން ފުޅިއަކާއި ބައެއް ކާތަކެތި ފެނިފަ އެވެ.
ނައިރޯބީން ލަންޑަނަށް ކުރާ 6،840 ކިލޯ މީޓަރު (4،250 މޭލު) ގެ ދަތުރަށް އަށް ގަޑި 50 މިނިޓް ހޭދަވާނެ އެވެ.