ކުޑަ އިންޓަރެސްޓްގައި ލޯނު ލިބޭގޮތް އަވަހަށް ހަމަޖެހޭނެ: ހައުސިން މިނިސްޓްރީ
ކުޑަ އިންޓަރެސްޓްގައި ލޯނު ލިބޭގޮތް އަވަހަށް ހަމަޖެހޭނެ: ހައުސިން މިނިސްޓްރީ

މީހުން ދިރިއުޅޭ ރަށްތަކުގައި ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓުގައި ލޯނު ލިބޭގޮތް ވަރަށް އަވަހަށް ހަމަޖެހޭނެ ކަަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދިނުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑެވެލޮޕްމަންޓުން އެކި ބޭންކުތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ޕްލޭން އިއުލާން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުއްދުމުގެ ގޮތުން ހައުސިން މިނިސްޓްރީން ވަނީ 5-6 ޕަސެންޓާއި ދެމެދުގެ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރަމަށް އެކި ބޭންކުތަކާ އެކު މަޝްވަރާކޮށްފަ އެވެ.

މަޝްވަރާތައް ނިންމާލުމުގެ ގޮތުން ހައުސިން މިނިސްޓަރު އައިނަތު އާތިފާ ވަނީ އިއްޔެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާ ވެސް ބައްދަލު ކުރައްވައިފަ އެވެ.