ކުޑަކުދިންނަށް ހާއްސަ ދިވެހި ކާޓޫން ދިރާގު ޓީވީން
ކުޑަކުދިންނަށް ހާއްސަ ދިވެހި ކާޓޫން ދިރާގު ޓީވީން

ކުޑަކުދިންނަށް ހާއްސަ ދިވެހި ކާޓޫނެއް ކަމަށްވާ "ކާއިލް އާއި ލޫލޫ" މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އިން ބެލޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ކުޑަކުދިންނަށް ހާއްސަ ދިވެހި ކާޓޫން ދިރާގު ޓީވީން
ކުޑަކުދިންނަށް ހާއްސަ ދިވެހި ކާޓޫން ދިރާގު ޓީވީން

ކާއިލް އާއި ލޫލޫ އަކީ ހާ ށަވިޔަނި ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ގޮތުން "ގޮރިއްލާ ސެލްސް" އިން ޕްރޮޑިއުސްކޮށްފައިވާ ކާޓޫނެކެވެ. މިއީ މި ކުންފުނިން ޕްރޮޑިއުސްކޮށްފައިވާ މީގެ ފުރަތަމަ ކާޓޫނެވެ. ކުރިއަށް އޮތްތަނުގައި ކާއިލް އާއި ލޫލޫގެ އިތުރު ކާޓޫންތައް ހެދުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ކާޓޫން ހާއްސަކޮށްފައިވަނީ އުމުރުން 2-7 ދެމެދުގެ ކުދިންނަށެވެ.

ދިރާގުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ފިލްމާއި ޑޮކިއުމެންޓްރީތައް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލައިލެވުމުގެ ފުރުސަތު ލިބޭ ޕްލެޓްފޯމެކެވެ. ދިރާގުން މިހާރު އަންނަނީ ވީއޯޑީ ލައިބްރަރީ މުއްސަނދިކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ވީއޯޑީގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން "އިންޓްރޯ އޮފާ" އާއި "ބޭސިކް ޕެކޭޖް" ބޭނުންކުރާ ކަސްޓަމަރުންނަށް ދިރާގުން ވަނީ މިއަހަރުގެ ނިޔަލަށް ހިލޭ ސަބްސްކްރައިބް ކުރެވޭނެ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.