ހޮންކޮންގައި ފުލުހުންނާއި އާއްމުން ބޮޑުކުރިމަތިލުމަކަށް
ހޮންކޮންގައި ފުލުހުންނާއި އާއްމުން ބޮޑުކުރިމަތިލުމަކަށް

ހޮން ކޮން (ޖުލައި 1) - ހޮންކޮންގެ ހިންގުން އިނގިރޭސިންގެ ބާރުގެ ދަށުން ޗައިނާއާ ހަވާލުކުރިތާ 22 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ދިމާކޮށް އާއްމުންނާއި ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުމެއް މިއަދު ހިންގައިފި އެވެ.

ހޮންކޮންގައި ފުލުހުންނާއި އާއްމުން ބޮޑުކުރިމަތިލުމަކަށް
ހޮންކޮންގައި ފުލުހުންނާއި އާއްމުން ބޮޑުކުރިމަތިލުމަކަށް

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި މުގުރި ބޭނުންކޮށްފަ އެވެ. ހަމަނުޖެހުން ހިންގި މީހުން ވަނީ ސަރުކާރުގެ އިމާރާތަކަށް ވަދެގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ. ހަމަނުޖެހުން ހިންގި ގްރޫޕަކުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވެސް ގެއްލުންދީފަ އެވެ. ދަގަނޑު ޓްރޯލީ ބޭނުންކޮށްގެން އެ އިމާރާތުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ. ނަމަވެސް އެތެރެއަށް ވަދެވޭ ގޮތެއް ނުވެ އެވެ.

ހޮންކޮންގުގައި މިއަދު ބޮޑު ކުރިމަތިލުންތަކެއް ހިންގާފައި ވަނީ ޗައިނާއަށް ކުށްވެރިން ހަވާލު ކުރުމުގެ ބިލާ ދެކޮޅަށް އެ ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ.

ހޮން ކޮން ޗައިނާއާ ހަވާލުރުމުގެ މުނާސަބަތާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ޑިމޮކްރެސީގެ އިވެންޓްތައް ބާއްވަ އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ހޮން ކޮންގެ ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގަ އެވެ.

ޗައިނާއާ ހޮން ކޮން ހަވާލުކޮށްފައި ވަނީ 1997 ވަނަ އަހަރު އެވެ.