01 ޖުލައި 2019 - 11:31

ދުވުންތެރިންނަށް ހާއްސަކޮށްގެން ސޮނީ ސްޕޯޓްސްއިން މި މަހުގެ ކޮންމެ ދުވަހަކު ހިލޭ ބޫޓެއް ލިބޭ އޮންލައިން ކެމްޕޭނެއް ފަށައިފި އެވެ.
އިއްޔެ ފަށާފައިވާ މި ކެމްޕޭން ކުރިއަށްދާނީ ސޮނީ ސްޕޯޓްސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށްގެންނެވެ. އެގޮތުން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު އެ ޕޭޖް މެދުވެރިކޮށް ކުރާ ސުވާލަށް ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތަކަށް އެ ދުވަހަކު ހުށަހަޅާފައިވާ ބޫޓު ލިބޭނެ އެވެ. މި ސުވާލަށް ޖަވާބު ދޭން ޖެހޭނީ #SSRunLong ޖެހުމަށްފަހު އެވެ.
"ސޮނީ ސްޕޯޓްސް ރަން ލޯންގް" ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭނަކީ 10 ކިލޯމީޓަރުގެ ދުވުމާއި އެކި މެރަތަންތަކުގައި ބައިވެރިވާ ދުވުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ.
މި ކެމްޕޭނުގެ މަގްސަދަކީ ދުވުންތެރިން ދާން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް ހިތްވަރު ދިނުން ކަމަށް ސޮނީ ސްޕޯޓްސްއިން ބުނެ އެވެ.
މި ކެމްޕޭނުގައި ސޮނީ ސްޕޯޓްސްއިން ވަނީ ދުވުންތެރިންނަށް އެންމެ ކަމުދާ ބްރޭންޑުތައް ކަމަށްވާ "އޭސިކްސް" އާއި "ނިއު ބެލެންސް" އަދި "އެޑިޑާސް" އާއި "ނައިކީ"ގެ ބޫޓުތައް އިނާމުގެ ގޮތުގައި ހުށަހަޅައިފަ އެވެ.