ހިރިޔާގެ މައުރަޒުން ފެނުނު ދަރިވަރުންގެ ހުނަރު!
ހިރިޔާގެ މައުރަޒުން ފެނުނު ދަރިވަރުންގެ ހުނަރު!

ހިރިޔާ ސްކޫލުގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި މައުރަޒުން ދަރިވަރުންގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނުނެވެ. ކުރިމަގުގައި ރާއްޖެ އޮންނަން ބޭނުންވާ ގޮތާއި ޝުއޫރުތައް ފާޅުކޮށްފައިވަނީ މަންޒަރުންނެވެ. އެތައް ވާހަކައެއް ބުނެދިނެވެ. އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ވެސް ތަފާތު ވައްތަރުގެ ގެ އާއި މާ ފަދަ ތަކެތި ހަދާފައިވެ އެވެ.

ހިރިޔާގެ މައުރަޒުން ފެނުނު ދަރިވަރުންގެ ހުނަރު!
ހިރިޔާގެ މައުރަޒުން ފެނުނު ދަރިވަރުންގެ ހުނަރު!

"ސާފު ދިވެހިރާއްޖެ" ތީމަށް ދަރިވަރުން 400 އަށް ވުރެ ގިނަ ތަކެތި ހުށަހެޅި އެވެ.

ހިރިޔާގެ މައުރަޒުން ފެނުނު ދަރިވަރުންގެ ހުނަރު!
ހިރިޔާގެ މައުރަޒުން ފެނުނު ދަރިވަރުންގެ ހުނަރު!

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ ތިމާވެށީގެ ތީމަކަށް ހާއްސަކޮށް އާޓް ގެލެރީގައި މައުރަޒު ބޭއްވިއިރު އެކަމުގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލްވި ކަމަށެވެ. އެގޮތުން، ތިމާވެއްޓަށް ދަރިވަރުންގެ ލޯ ހުޅުވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ މައުރަޒު ބޭއްވީ ކުލާސް ފެންވަރުގަ އެވެ. އެތަނުން ޓީޗަރުން ވަނީ ކޮންމެ ކުލާހަކުން އާޓްގެ 10 އެއްޗާއި ކްރާފްޓްގެ ތިން ވައްތަރެއް ހޮވައިފަ އެވެ. އެއަށް ފަހު ޖަޖުން ވަނީ އެންމެ ރަނގަޅު ކުލާހާއި ގްރޭޑު ވެސް ހޮވައިފަ އެވެ.

ރިންޒީ ވިދާޅުވި ގޮތުގައި އެފަދަ ބޮޑު މައުރަޒަކުން ދަރިވަރުންގެ ހުނަރު ވަރަށް ރަނގަޅަށް ވަނީ ފެނިފަ އެވެ. އެހެންކަމުން މީގެ ފަހުން، ކޮންމެ އަހަރަކު ވެސް އާޓް އެގްޒިބިޝަނެއް ބާއްވަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

މައުރަޒާ ގުޅުވައިގެން އޭނާ ފާޅުކުރެއްވި ކަންބޮޑުވުމެއް ވެސް އެބަ އޮތެވެ. އާޓް ސްޓްރީމަށް ދަރިވަރުންގެ ޝައުގު ގެއްލި އެ ސްޓްރީމް އުވިގެން ދިއުމުގެ ބިރެވެ. އެހެންކަމުން ކުދިންނަށް ވިސްނައިދީގެން އެ ސްޓްރީމަށް ޝައުގުވެރިކަން އުފެއްދުމަކީ ވެސް ބޭނުމެކެވެ.

"ވަރަށް ރީތިވެގެން އުޅުނު ދަރިވަރުން ހުށަހެޅި އެއްޗެހި. ކުރިއަށް އޮތް ތަނުގައި ބާއްވާނަން، ކުދިންގެ ސަޕޯޓު ލިބުނު. ވަރަށް ގިނަ އެއްޗެހި ވިކިފައި ވަނީ،" ރިންޒީ ވިދާޅުވި އެވެ.

އެ ސްކޫލުގެ އަހަރީ ދުވަހަކީ ޖޫން 14 އެވެ. އަހަރީ ދުވަހާ ގުޅުވައިގެން ތަފާތު ހަރަކާތްތައް ވަނީ ބާއްވައިފަ އެވެ.