އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި މާނިއުގެ ނަން ނަންގަވައިިފި
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި މާނިއުގެ ނަން ނަންގަވައިިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި، އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއުގެ ނަން ނަންގަވައިފި އެވެ.

ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ އެންއައިސީގެ މެމްބަރުކަމަށް ވުމަށް އެދި ހުށަހަޅުއްވާފައިވާ ނަން އަނބުރާ ނަގަން ނިންމަވާފައިވާ ކަމަށެވެ. އެކަމަކު ސަބަބެއް ވިދާޅެއްނުވެ އެވެ.

ނަމަވެސް، ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާއިރު، ކޮމިޝަންގެ ރައީސަކަށް ހުންނެވިއިރު ތަހުގީގުކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ ފާޅުކޮށްފަ އެވެ. އެހެންވެ ކޮމިޝަންގެ މެމްބަރުކަމަށް އޭނާ އަލުން އައްޔަންކުރުމާ ދެކޮޅު ހަދައި ރިލްވާންގެ އާއިލާއިން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެންއައިސީގެ މެމްބަރަކަށް ވުމަށް މަޖިލީހުގެ ކޮމެޓީން މާނިއު އަށް ދީފައިވަނީ 75.30 މާކްސް އެވެ. އޭނާ އަށް ވުރެ މަތިން އެހެން ބޭފުޅަކަށް ވަނީ މާކްސް ލިބިވަޑައިގެންފަ އެވެ.