29 ޖޫން 2019 - 12:16

މިހާރު ކުރިއަށް ގެންދާ އަންހެނުންގެ ވޯލްޑް ކަޕާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސޯޝަލް މީޑިއާގައި ކުއިޒެއް ފަށައިފި އެވެ.
ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށް، ކުރިއަށް ގެންދާ މި ކުއިޒުގެ އެންމެ ގިނަ ޖަވާބު ދިމާކޮށްގެން ހޮވޭ މީހަކަށް ފްރާންސްގެ ވެރިރަށް ޕެރިސް އަށް ދިއުމަށް ދެ މީހެއްގެ ދެކޮޅު ޓިކެޓު ލިބޭނެ އެވެ. އަދި ދަތުރު ޚަރަދަށް 1،000 ޑޮލަރު ދޭނެ އެވެ.
މި ކުއިޒް ކުރިއަށް ގެންދާނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، ކޮންމެ ދުވަހަކު އަންހެނުންގެ ވޯލްޑް ކަޕާ ގުޅުން ހުރި ސުވާލެއް ބީއެމްއެލުން ޓްވިޓާ އަދި ފޭސްބުކްގައި އާންމު ކުރާނެ އެވެ.
މި ކުއިޒްގައި ބައިވެރިވުމަށް #WorlcupMajaa ޖެހުމަށް ފަހު ރަނގަޅު ޖަވާބުގެ ނަންބަރު ޖެހުމުން ބައިވެރިވެވުނީ އެވެ.