ރާއްޖެ މާކެޓް ކުރަން 39 މިލިއަން ރުފިޔާ ހަރަދުކޮށްފި
ރާއްޖެ މާކެޓް ކުރަން 39 މިލިއަން ރުފިޔާ ހަރަދުކޮށްފި

ބޭރުގެ ގައުމުތަކަށް ރާއްޖެ މާކެޓް ކުރަން މިހާތަނަށް 39.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، މި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

އެގޮތުން، މި އަހަރު ވާނީ އެންމެ ގިނަ ފެއާ އާއި ފޭމް ޓްރިޕްތަކާއި ރޯޑު ރޭސްތަކުގައި ރާއްޖެ ބައިވެރިވާ އަހަރަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 157 މިލިއަން ރުފިޔާ އެވެ. މިއީ އެންމެ ފުރަތަމަ ބަޖެޓުގައި ހިމެނި މިންވަރަށް ވުރެ 104 މިލިއަން ބޮޑު އަދަދެކެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ކުރާ ހޭދަ އިތުރު ކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެކަން ހާސިލްވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.