ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް
ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް

މާދަމާ އާއި ހޮނިހިރު ދުވަހު އައްޑޫގައި އުރީދޫން ކުރިއަށް ގެންދާ "ގުޑި މަހާސަމާ" އާއި "ކަލަ ރަން" އަދި "ޓްވިޓް ސާފު އައްޑޫ" ގެ ހަރަކާތްތަކާ އެކު މި ހަފުތާ ބަންދު ފޯރިގަދަ ވާނެ އެވެ. މި ކަންކަން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން އެންމެންނަށް ބައިވެރިވެވޭ ގޮތަށެވެ.

ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް
ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް

ހަރަކާތްތައް ފަށާނީ ގުޑި މަހާސަމާ އިންނެވެ. މާދަމާ ހެނދުނު 8:00 އިން 10:00 އަށް އޮންނަ މި ހަރަކާތުގައި މަޑި އެރުވުމުގެ އިތުރުން މަޑި ހެދުމުގެ ވޯކްޝޮޕެއް ވެސް ކުރިއަށްގެންދާނެ އެވެ.

ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް
ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް

މީގެ އިތުރުން އުރީދޫ ކަލަރަންއާ ގުޅުވައިގެން ކުރިއަށްގެންދިޔަ އެކްސްޕޯގައި އިތުރަށް ހުރި ކިޓުތައް މި ހަރަކާތުގެ ތެރެއިން ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މި މަހާސަމާގައި ފުލުހުންގެ ހާއްސަ ސްޓޯލެއް ވެސް ހުންނާނެ އެވެ.

ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް
ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް

ގުޑި މަހާސަމާ އަށް ފަހު ދެން އޮންނާނީ އެންމެ ބޮޑު އިވެންޓް ކަމަށްވާ ކަލަ ރަން އެވެ. އެއީ މާދަމާ ހަވީރު 3:00 އިން 6:00 އަށެވެ. ފަސް ކިލޯމީޓަރުގެ މި ދުވުން ފެށުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްޓޭޖް ސަރަހައްދުންނެވެ. މި ދުވުމުގައި ކޮންމެ ކިލޯމީޓަރަކަށް ދުވުމުން އެ ސަރަހައްދެއްގައި ހުންނަ ކުލަ ސްޓޭޝަނުން ދުވުންތެރިންގެ ގަޔަށް ކުލަ ޖަހާނެ އެވެ.

އުރީދޫ ކަލަ ރަން މީގެ ކުރިން ވަނީ ކާމިޔާބުކަމާ އެކު ބާއްވައި އާންމުންގެ ބޮޑު ތަރުހީބެއް ހޯދައިފަ އެވެ. އެގޮތުން މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ރާއްޖޭގެ މަޝްހޫރު ދުވުންތެރިން ވެސް ބައިވެރިވާނެ އެވެ. މިއީ މި ހަރަކާތް އައްޑޫގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުން ހޮނިހިރު ދުވަހު ޓްވިޓް ސާފު ހަރަކާތް ބޭއްވުމަށް އުރީދޫ އިން ވަނީ ނިންމާފަ އެވެ. ޓްވިޓާގައި ފެށި، ސާފުކުރުމުގެ މި ކެމްޕޭނުގައި އައްޑޫ ސިޓީ ހުޅުދޫ އާއި މަރަދުފޭދޫ އާއި ހިތަދޫގެ އެކި ސަރަހައްދުތައް ސާފުކުރާނެ އެވެ. މިކަން ފަށާނީ ހަވީރު 3:00 ގަ އެވެ.

މި ހަރަކާތަށް ފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ. މިއީ ރާއްޖެ އަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ތިމާވެއްޓާ ރައްޓެހި ޖީލެއް ބިނާ ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.