ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ
ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ

ޓޫރިޒަމް ދާއިރާއަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ ލިބޭ މަސައްކަތަށްވީ އިރު އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖެ އިޝްތިހާރު ކުރުމަށް 200 ޕަސެންޓަށް ބަޖެޓް ބޮޑު ކުރި އެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 157 މިލިއަން ރުފިޔާ ވަނީ، ރާއްޖެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރު ކުރުމަށް ނިންމައިފަ އެވެ.

ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ
ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ

ރާއްޖެ އިޝްތިހާރުކޮށް މާކެޓް ކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ނަން ކިލަބުވާ ފަދަ ކަންތައްތަކެއް މިދިޔަ ސަރުކާރުގައި ހިނގާފައި އޮތް ނަމަވެސް، ސަރުކާރު ބަދަލުވުމާ އެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާ ތޮއްޔިބު މުހައްމަދު ހަވާލުވެ ވަޑައިގަތީ، އެކަން ބަދަލު ކުރުމުގެ ނިޔަތާ އެކު އެވެ.

ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ
ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތީ، ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު ގައުމަށް ހެދުމަށް ކަމަށާއި އެ ވަޒީފާއާ ހަވާލުވެ ވަޑައިގަތީ ބޮޑު މަސްއޫލިއްޔަތެއްކަން އެނގިވަޑައިގެން ހުންނަވައި ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ނަން ކިލަނބު ވުމަކީ ދިމާވި ލަދުވެތި ކަމެއް ނަމަވެސް އެ ޗެލެންޖާ ކުރިމަތިލެއްވީ ކެރިވަޑައިގެން ކަމަށެވެ.

ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ
ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ

އަހަރުގެ މެދަކާ ހަމަޔަށް ދިޔައިރު އެމްއެމްޕީއާރްސީން މިހާތަނަށް ވަނީ މިދިޔަ އަހަރަށް ވުރެ ގިނަ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. މިދިޔަ އަހަރު އެމްއެމްޕީއާރްސީން ހަމައެކަނި ބައިވެރިވެފައި ވަނީ ޓްރެވެލް ފެއާތަކުގައި އެކަންޏެވެ.

ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ
ޓާގެޓަށް ދެވޭނެ، ޓޫރިޒަމް ދާނީ ކުރިއަށް: އެމްއެމްޕީއާރުސީ

ތޮއްޔިބު ވިދާޅުވީ، މި ދާއިރާގައި ގިނަ ދުވަސްވެފައިވާ މީހުންނާ މި އަހަރުގެ ކުރީކޮޅު ބައްދަލު ކުރެއްވި ކަމަށެވެ. އެގޮތުން ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ދާއިރާގެ މީހުން ބޭނުންވާ ކަންކަން ބަލައި ޕްލޭނެއް އެކުލަވާލި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކިއެކި ބޭފުޅުންގެ ހިޔާލުތަކަށް ބެލުމަށްފަހު ބައިވެރިވާނެ ފެއާތައް ކަނޑައެޅީ. މިހާރުވެސް 12 ޓްރެވެލް ފެއާއެއްގައި ބައިވެރިވެއްޖިން. ތިން ރޯޑްޝޯއެއް ބޭއްވިއްޖެ. ހަތަރު ފޭމް ޓްރިޕް ބޭއްވިއްޖެ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން ތަފާތު ފަރާތްތައް ޝާމިލުވާ ގޮތަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފެށި އެވެ. އެގޮތުން ގާތްގަނޑަކަށް 180،000 ޑޮލަރު ހޭދަކޮށްގެން ސިންގަޕޯ އެއާލައިނާ އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ހާއްސަ މަސައްކަތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ.

ތޮއްޔިބު ވިދާޅުވީ، ސިންގަޕޯ އެއާލައިން ވަރުގެ ބަޔަކާ އެކު މަސައްކަތް ފެށުމުން ނަތީޖާ ނެރެން އިތުރަށް ފަސޭހަވާނެ ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ، ރާއްޖެ އަށް ގިނަ މީހުންނަށް އާދެވޭނީ އެއާލައިންތައް އިތުރުވެގެން ކަމަށް ވާތީ، ޓޫރިޒަމް ވެސް ފުޅާވާނީ އެއާ އެކު ކަމަށެވެ.

"މިދިޔަ މަހުގެ އެރައިވަލްގައި އިންޑިޔާ އެދިޔައީ ފަސް ވަނަ އިން ތިން ވަނަ އަށް. އެއީ ކީއްވެތޯ ބަލާއިރު ކަނެކްޓިވިޓީ ރަނގަޅީ. ތިން ހަތަރު އެއާލައިން އެބަ އާދޭ. އެހާ ފަސޭހަ. އަގުހެޔޮ. މިއީ މިހާރު ވީކެންޑް މަންޒިލެއް އިންޑިޔާ މީހުންނަށް،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ވީހާ ވެސް އަވަހަށް ރަނގަޅުވެގެން ނޫނީ މީހުންގެ އަދަދުތައް އިތުރުވުމަށް ދަތިތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ. ތޮއްޔިބު ވިދާޅުވީ މިހާރު ވެސް ދެތިން ޗާޓާ ފްލައިޓް އައުމަށް ބޭނުންވި ނަމަވެސް ޖާގަ ނެތުމުގެ ސަބަބުން އެ ފުރުސަތު ނުދެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެންމެ ކުރީއްސުރެ ވެސް ޔޫރަޕަކީ ރާއްޖެ އަށް ގިނަ ޓޫރިސްޓުންތަކެއް އަންނަ ސަރަހައްދެއް ކަމަށެވެ.

މިދިޔަ އަހަރު ވެސް ޔޫރަޕުން ވަނީ ހަތް ލައްކަ ޓޫރިސްޓުން އައިސްފަ އެވެ. މިއީ 2017 ވަނަ އަހަރަށް ވުރެ ލައްކައެއްހާ ޓޫރިސްޓުން އިތުރުވުމެކެވެ. ޓޫރިސްޓުން އަންނަލެއް ގިނަ ނަމަވެސް ޔޫރަޕްގެ މަންޒިލްތަކަށް ސީދާ ދަތުރުކުރާ އެއާލައިންނަށް ރާއްޖޭގައި ވަރަށް މަދެވެ.

"އެ މީހުން ގެނެވޭތޯ އަދިވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ. އެކަމަކު އަޅުގަނޑުމެންނަށް މި ފެންނަނީ ޓޫރިސްޓުން އިތުރުވުމަށް ދަތިތަކެއް ހުރިތަން. މިއީ ކަނެކްޓިވިޓީއާ ހެދި. ކުރިން ވިއްޔާ ވަރަށް ގިނަ ޗާޓާސް އެބަހުރި. މިހާރު ވަރަށް މަދުވޭ،" ތޮއްޔިބު ވިދާޅުވި އެވެ.

މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.

ތޮއްޔިބު ވިދާޅުވީ، މި ޓާގެޓް ހާސިލްވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ މި މަސައްކަތާ ހަވާލުވެ، ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ޕްލޭނާ އެއްގޮތަށް ކަންކަން ދާ ކަމަށް އޭނާ ވިދާޅުވި އެވެ. .

"މާކެޓިންއަކީ މިދިޔަ މަހު ކުރާ މަސައްކަތުގެ ނަތީޖާ އެމަހު ފެންނާނެ ކަންކަމެއް ނޫން. ހަގީގަތުގައި މިއަހަރު މިކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ ކުރިއަށް އޮތް ދެ އަހަރު ތިން އަހަރުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން މަސައްކަތް ކުރަނީ ވީހާވެސް ގިނަ ބަޔަކަށް ރާއްޖޭގެ މައުލޫމާތުތައް ފޯރާނެ ގޮތަކަށް އެކަން ކުރުމަށެވެ. އެހެންވެ ވަކި މީޑިއަމެއް ގެންގުޅުމުގެ ބަދަލުގައި ހުރިހާ ޕްލެޓްފޯމެއްގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް އެމްއެމްޕީއާރްސީން ކުރިއަށް ގެންދެ އެވެ. ސޯޝަލް މީޑިޔާގައި ވެސް މުހިއްމު ކެމްޕެއިންތަކެއް ފެށުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ.

ތޮއްޔިބު ވިދާޅުވީ، ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރަށް ކަނޑައަޅާފައިވަނީ ރަނގަޅު ބަޖެޓެއް ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަމަށް ކުރާ ހޭދަ ބޮޑު ކުރަންޖެހޭ ކަމަށެވެ. މާކެޓް ކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި އަހަރުގެ ބަޖެޓް ކުރަން ބޭނުންވާ ކަންކަމަށް އެލޯކޭޓްކޮށް ހުސްވެފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ހަތް ލައްކަ ޓޫރިސްޓުން އައިސްފައިވާ އިރު މިދިޔަ އަހަރު ރާއްޖެ އަށް ވަނީ 1.4 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. މި އަހަރުގެ މިހާތަނަށް ލިބުނު ކުރި އެރުމާ އެކު ޓާގެޓަށް ވުރެ މާ އިތުރަށް ޓޫރިސްޓުން އަންނާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ. އެކަމަށްޓަކާ އެމްއެމްޕީއާރްސީން އެއްވެސް ހުއްޓުމެއް ނެތި އަންނަނީ އިޝްތިހާރު ކުރަމުންނެވެ.