ގެއެއްގެ ބެލްކަނީން ބައެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ
ގެއެއްގެ ބެލްކަނީން ބައެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ

ހެންވޭރު ރުއްދޮށުގޭ ދެ ވަނަ ބުރީގެ ބެލްކަނީން ބައެއް މަގު މައްޗަށް މިއަދު ވެއްޓި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ގެއެއްގެ ބެލްކަނީން ބައެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ
ގެއެއްގެ ބެލްކަނީން ބައެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ

މިއަދު އިރު އޮއްސުނު ފަހުން ހިނގި މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރޭގައި 16 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. އެ އެންމެންނަށް ވެސް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ގެއެއްގެ ބެލްކަނީން ބައެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ
ގެއެއްގެ ބެލްކަނީން ބައެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އަނިޔާވީ އިމާރާތުން ބައެއް ވެއްޓުނު ވަގުތު ސައިކަލްތަކުގެ މަތީގައި ތިބި މީހުންނަށެވެ. ކޮންކްރީޓް ޝީޓުން ޖެހި ބައެއް މީހުންގެ ގައިގެ ތަންތަން ޒަޚަމްވެ ލޭ ފޭބި އެވެ.

އެތަނުގައި ތިބި ބައެއް މީހުން ލަފާ ކުރާ ގޮތުގައި އެ ޝީޓުގައި ގާތްގަނޑަކަށް ފަސް ފޫޓު ހުންނާނެ އެވެ. މީގެއިން ޖެހުނު ސައިކަލްތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަޖީދީ މަގުގައި ހުންނަ މާލޭ ގްރޭންޑްގެ ހަ ވަން ފްލޯގެ ކުޑަ ދޮރެއްގެ ބިއްލޫރި ވެސް މިއަދު މަގުމައްޗަށް ވެއްޓިފައިވެ އެވެ. މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވެ އެވެ.