ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމަށް ބޮޑު ކާމިޔާބީއެއް
ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމަށް ބޮޑު ކާމިޔާބީއެއް

އައްޑޫ ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމަށް ބޮޑު ކާމިޔާބީއެއް
ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމަށް ބޮޑު ކާމިޔާބީއެއް

އެ ސްކޫލުގެ 12 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމާއި 14 އަހަރުން ދަށުގެ ޓީމު ވަނީ މި އަހަރުގެ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމަށް ބޮޑު ކާމިޔާބީއެއް
ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމަށް ބޮޑު ކާމިޔާބީއެއް

ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ މިއަދު ވިދާޅުވީ، އުމުރުން 16 އަހަރުން ދަށުގެ ޓީމު ވެސް ސެމީ ފައިނަލަށް ދަތުރުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި މުބާރާތުގެ ތިން އުމުރުފުރާގައި ބައިވެރިވި ޓީމުތައް ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ހިތަދޫ ސްކޫލްގެ ޓީމުތަކުން މޮޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންނަށް ވަށައި ޖެހޭ ތައުލީމު ފޯރުކޮށްދޭން އެ ސްކޫލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. އާސިޔަތު ވިދާޅުވި އެވެ. އަދި އިތުރު ހަރަކާތްތަކުން ދަރިވަރުންނަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމުން އަންނަނީ އެހެން މުބާރާތްތަކުން ވެސް ރަނގަޅު ކާމިޔާބީތައް ހޯދަމުންނެވެ. މިދިޔަ ތިން އަހަރު ވެސް އެ ސްކޫލުން ވަނީ އައްޑޫ އިންޓަ ސްކޫލު ނެޓްބޯޅަ މުބާރާތުން ބޮޑެތި ކާމިިޔާބީތަކެއް ހޯދައިފަ އެވެ. މިިދިޔަ އަހަރުގެ މުބާރާތުގައި ފަސް އުމުރުފުރައެއްގެ ފައިނަލް މެޗުގައި އެ ސްކޫލުގެ ޓީމުތަކުން ބައިވެރިވެ، ތިން އުމުރުފުރައަކުން މުބާރާތް ކާމިޔާބުކޮށްފައިވެ އެވެ.

އަތޮޅުން ބޭރުގެ ސްކޫލުތަކާ އެކު ދަރިވަރުން ވާދަ ކުރުމުގެ ފުރުސަތު ހޯދާ ދިނުމަށް މި އަހަރު މަސައްކަތް ކުރި ކަމަށް އާސިޔަތު ވިދާޅުވި އެވެ.

"މިހާތަނަށް ހޯދުނު ކާމިޔާބީއާ ދޭތެރޭ ހިތްހަމަ ޖެހޭ. އުންމީދަކީ ޗެމްޕިއަންޝިޕް ހޯދައި ތަށި އައްޑު އަށް ގެންދިއުން. އިންޝާﷲ،" އޭނާ ވިދާޅުވި އެވެ.