ދުޅަހެޔޮކަމަށް ހާއްސަ ރިސޯޓެއް ޗަމްޕާ އިން ހަދަނީ
ދުޅަހެޔޮކަމަށް ހާއްސަ ރިސޯޓެއް ޗަމްޕާ އިން ހަދަނީ

ހަށިގަނޑުގެ ދުޅަހެޔޮކަމަށް ނުވަތަ ވެލްނެސްއަށް ހާއްސަކޮށްގެން ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓު ކްރައުން އެންޑް ޗަމްޕާ އިން ހަދަން ފަށައިފި އެވެ.

ދުޅަހެޔޮކަމަށް ހާއްސަ ރިސޯޓެއް ޗަމްޕާ އިން ހަދަނީ
ދުޅަހެޔޮކަމަށް ހާއްސަ ރިސޯޓެއް ޗަމްޕާ އިން ހަދަނީ

"ކަގި މޯލްޑިވްސް ސްޕާ އައިލެންޑް" ގެ ނަމުގައި ހަދާ މި ރިސޯޓަކީ ކ. ކަގީގައި ހަދާ ރިސޯޓެކެވެ. އެގޮތުން މި ރިސޯޓު ތަރައްގީކުރުމަށް މިދިޔަ މެއި މަހު ވަނީ 2.5 ހެކްޓަރު ހިއްކާފަ އެވެ. މިހާރު ކުރިއަށްދަނީ ރިސޯޓުގެ އަމަލީ މަސައްކަތްތަކެވެ.

ދުޅަހެޔޮކަމަށް ހާއްސަ ރިސޯޓެއް ޗަމްޕާ އިން ހަދަނީ
ދުޅަހެޔޮކަމަށް ހާއްސަ ރިސޯޓެއް ޗަމްޕާ އިން ހަދަނީ

އެމެރިކާގެ މަޝްހޫރު އާކިޓެކްޗާ ފާމެއް ކަމަށްވާ ޔޫޖީ ޔަމަޒާކީ އާކިޓެކްޗާގެ ޑިޒައިންތަކަށް ތަރައްގީކުރާ މި ރިސޯޓުގައި 50 ވިލާ ހުންނާނެ އެވެ. މީގެ ތެރޭގައި 40 ވޯޓާ ވިލާ އާއި 10 ބީޗް ވިލާ ހިމެނެ އެވެ.

މީގެ އިތުރުން މި ރިސޯޓުގައި ބާއަކާއި ރެސްޓޯރެންޓެއްގެ އިތުރުން މޫދު ކުޅިވަރަށް ހާއްސަ ސެންޓަރެއް ހުންނާނެ އެވެ.

މި ރިސޯޓުގެ އެންމެ ހާއްސަ ތަނަކީ މޫދުގައި ހަދާ ސްޕާ އާއި ވެލްނެސް ސެންޓަރެވެ. މި ސެންޓަރުގައި ހިދުމަތް ދިނުމަށް ހަތް ޕްރައިވެޓް ކޮޓަރި އާއި ހަ ޑަބަލް ޓްރީޓްމަންޓް ކޮޓަރި ހިމެނެ އެވެ. ޔޯގާ އަށް ހާއްސަ ސަރަހައްދެއް ވެސް މި ސެންޓަރުގައި ހުންނާނެ އެވެ.

ކަގި މޯލްޑިވްސް ސްޕާ އައިލެންޑް ރިސޯޓުގެ އަމަލީ މަސައްކަތް ފަށާފައި ވިޔަސް ހުޅުވާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.