އޮމެގާ ނައިޓް މާކެޓް އަންނަ މަހު 2-8 އަށް
އޮމެގާ ނައިޓް މާކެޓް އަންނަ މަހު 2-8 އަށް

މިސްޓީކް އިވެންޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޮމެގާ ނައިޓް މާކެޓް އަންނަ މަހުގެ 2-8 އަށް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އޮމެގާ ނައިޓް މާކެޓް އަންނަ މަހު 2-8 އަށް
އޮމެގާ ނައިޓް މާކެޓް އަންނަ މަހު 2-8 އަށް

އޮމެގާ ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިމަސް ކާނިވަލުގައި ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00އާ ހަމ އަށެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ މިނިވަން ދުވަހާ ގުޅުވައިގެންނެވެ.

މި އަހަރުގެ ނައިޓް މާކެޓުގެ ތީމްތަކަކީ "ގައުމު ސަލާމަތް ކުރަމާ"، "މިނިވަންކަން ހިމާޔަތް ކުރަމާ" އަދި "ސިންގަލް ޔޫސް ޕްލާސްޓިކަށް ނޫނެކޭ ބުނަމާ" އެވެ. މި އިވެންޓުގައި މި ތީމްތަކުގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށްދާނެ ކަމަށް މިސްޓީކުން ބުނެ އެވެ.

އޮމެގާ ނައިޓް މާކެޓުގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން 7485860އަށް ގުޅާލުމުން ސްޓޯލްތައް ބުކް ކުރެވޭނެ އެވެ.

މިސްޓީކުން ވަނީ އޮމެގާ ނައިޓް މާކެޓުގައި "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފަ އެވެ. އެގޮތުން ނައިޓް މާކެޓަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވޯޓާ ޕިޔުރިފަޔާއެއް ލިބޭނެ އެވެ.

ދާދިފަހުން އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ނައިޓް މާކެޓުތަކާއި މަގުމަތީ ބާޒާރު އަދި ފެއާތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި މިފަދަ ނައިޓް މާކެޓުތައް ބޭއްވޭނީ ވަކި މުނާސަބަތަކާއި ގުޅުވައިގެންނެވެ. އަދި ނައިޓް މާކެޓުގައި ވިއްކަން ޖެހޭނީ ފިހާރަތަކުގައި ނުވިކި ހުންނަ ސާމާނެވެ.