ކުޑަކުއްޖަކު ވިހޭ މައްސަލައެއް ބަލަނީ
ކުޑަކުއްޖަކު ވިހޭ މައްސަލައެއް ބަލަނީ

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ވިހޭ މައްސަލައެއް ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަން ފެށީ އެ ކުއްޖާ ދިރިއުޅޭ ރަށުގެ ހޮސްޕިޓަލުން އެ މައްސަލަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސްގެ ސަމާލުކަމަށް ގެނައުމުން ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ ތުއްތު ކުއްޖާ އަށާއި މަންމަ އަށް ބޭނުންވާ އިޖުތިމާއީ އަދި ނަފުސާނީ ރައްކާތެރިކަން އާއިލާއާ ގުޅިގެން ފޯރުކޮށްދެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ކުޑަކުއްޖާ ބަލިވެ އިން މައްސަލައިގައި ތުހުމަތު ކުރެވެނީ ވެސް އުމުރުން 15 އަހަރުގެ ކުއްޖަކަށެވެ. ބަލިވެ އިނީ އުމުރުން 16 އަހަރުގެ ކުއްޖެއް ކަމަށް ވެ އެވެ.