ބުދެއް ކަމަށް ހީކޮށް ފަސް ދުވަސްވީ ކުއްޖެއްގެ މޫނުގައި ޖަހައިފި
ބުދެއް ކަމަށް ހީކޮށް ފަސް ދުވަސްވީ ކުއްޖެއްގެ މޫނުގައި ޖަހައިފި

އިނގިރޭސި ވިލާތުގެ މެންޗެސްޓާގައި ދިރިއުޅޭ ދެމަފިރިއެއްގެ ފަސް ދުވަސްވީ ތުއްތު ދަރިފުޅުގެ މޫނުގައި ބުދެއް ކަމަށް ހީކޮށް މީހަކު ޖަހައިފި އެވެ.

ބުދެއް ކަމަށް ހީކޮށް ފަސް ދުވަސްވީ ކުއްޖެއްގެ މޫނުގައި ޖަހައިފި
ބުދެއް ކަމަށް ހީކޮށް ފަސް ދުވަސްވީ ކުއްޖެއްގެ މޫނުގައި ޖަހައިފި

މި ހާދިސާ ހިނގީ ޓެސްކޯ ސުޕަމާކެޓަކަށް އޭނާގެ ދަރިފުޅު ގޮވައިގެން ގޮސް އުޅެނިކޮށެވެ.

ކުއްޖާގެ މަންމަ ބުނެފައިވާ ގޮތުގައި ކުއްޖާގެ މޫނުގައި މީހަކު ޖެހީ، ކުއްޖާ އޮތް ޕްރޭމް ކައިރީގައި ހަތް އަހަރުގެ އަންހެންދަރިފުޅު ބަހައްޓާފައި ދިޔަ ވަގުތު އެވެ.

ކުއްޖާގެ މޫނުގައި ޖަހާފައި ވަނީ، ކުއްޖާގެ މަންމަގެ އަަވަށްޓެރިންގެ ބަޔަކަށް އެ ކުއްޖާ ސުޕަމާޓް ތެރެއިން ފެނިގެން، އެ މީހުންގެ ރައްޓެހި ދެމަފިރިއަކަށް ގޮވައި "މިއޮތީ ވަރަށް ލޯބި ކުއްޖެކޭ" ބުނެ ދައްކާލި ވަގުތު އެވެ.

މަންމަ ދުވެފައި އައީ ތުއްތު ކުއްޖާ ވަރަށް ބާރަށް ރޮއެގަތް އަޑަށެވެ. ޖެހި، 63 އަހަރުގެ ފިރިހެން މީހާ ބުނެފައި ވަނީ އޭނާ އެހާ ބާރަށް ނުޖަހާ ކަމަށާއި ޖެހީ އެއީ ބުދެއް ކަމަށް ހީކޮށްފައި ކަމަށެވެ. މި މީހާ ހައްޔަރުކޮށް ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި ދަރިފުޅަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ ހަތް ގަޑިއިރު ފަހުންނެވެ.

ކުއްޖާގެ މަންމަ ބުނީ މިއީ ކުއްޖާ ގޮވައިގެން އޭނާ އަލަށް ބޭރަށް ނުކުތް ފަހަރު ކަމަށާއި މިހާރު ދަރިފުޅާ އެކު ބޭރަށް ދާން ބިރު ގެންފައިވާ ކަމަށެވެ.