ދިވެހިންގެ ހުނަރު ދައްކާލުމުގެ ފެސްޓިވަލް މިއަދު ހުޅުމާލޭގައި
ދިވެހިންގެ ހުނަރު ދައްކާލުމުގެ ފެސްޓިވަލް މިއަދު ހުޅުމާލޭގައި

ދިވެހިންގެ ތަފާތު ހުނަރު ދައްކާލަން ބާއްވާ ފެސްޓިވަލް މިއަދު ހުޅުމާލޭގައި އޮންނާނެ އެވެ.

ލައިވް މިއުޒިކަށް ލޯބި ކުރާ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް އުފައްދާފައިވާ މިއުޒިކް ކޮމިއުނިޓީ "ފަންނުގެ ދަރިން" ގެ ފަރާތުން ބާއްވާ މި ހަރަކާތް ކުރިއަށް ދާނީ މިއަދު މެންދުރު ފަހު 2:00 އިން މިރޭ 12 އަށް ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގަ އެވެ.

މިއީ މިފަދަ ފެސްޓިވަލެއް ބާއްވާ ފަސް ވަނަ އަހަރެވެ.

ފެސްޓިވަލްގައި ލައިވް މިއުޒިކާ އެކު، މަޝްހޫރު ބޭންޑްތަކުން އެމީހުންގެ ހުނަރު ދައްކާލާ އިރު، ދިވެހިންގެ ކުރެހުމާއި އެހެން ބައެއް ހުނަރުތައް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

- ކްރިއޭޓިވްސްގެ ގޮތުގައި 220 އަށް ވުރެ ގިނަ މީހުން.

- މިއުޒިޝަނުންގެ ގޮތުގައި 70 އަށް ވުރެ ގިނަ މީހުން.

- އާޓްސް އެންޑް ކްރާފްޓްސް ޓެންޓުގެ ގޮތުގައި 40 އަށް ވުރެ ގިނަ ތަންތަން.

- ޕާފަމަންސް އެކްޓިވިޓީސް 20 އަށް ވުރެ ގިނަ.

- ފުޑް އެންޑް ބެވަރެޖް ޓެންޓްސް، 10 އަށް ވުރެ ގިނަ.

މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުގެ އޮފިޝަލަކު ބުނީ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ފެސްޓިވަލްގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.