ތޮއްޑޫ ގެސްޓްހައުުސްއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅި އަތުލައިގެންފި
ތޮއްޑޫ ގެސްޓްހައުުސްއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅި އަތުލައިގެންފި

އއ، ތޮއްޑޫ ގެސްޓްހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅި ރޭ އަތުލައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ އެ ރަށުގެ ގެސްޓްހައުސްއެއްގައި ބަނގުރާ ގެންގުޅެ އެއިން ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެތަން ފާސްކުރިއިރު 67 ބަނގުރާ ފުޅި އާއި 74 ދަޅު ފެނިފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ގެސްޓްހައުސްތަކުގައި ބަނގުރާ ގެންގުޅުމަކީ މަނާކަމެކެވެ. ރާއްޖޭގައި ބަނގުރާ ގެންގުޅުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި ރިސޯޓުތަކަށެވެ.