އެޕަލްގެ މެކްބުކް ޕްރޯ ބޭނުންކުރާ މީހުންނަށް އިންޒާރުގެ ނޯޓިހެއް
އެޕަލްގެ މެކްބުކް ޕްރޯ ބޭނުންކުރާ މީހުންނަށް އިންޒާރުގެ ނޯޓިހެއް

އެޕަލްގެ މެކްބުކް ޕްރޯ ބޭނުންކުރާ މީހުން ރައްކާތެރިވުމަށް އަންގައި، އިންޒާރުގެ ނޯޓިސް ފޮނުވައިފި އެވެ.

އެޕަލްގެ މެކްބުކް ޕްރޯ ބޭނުންކުރާ މީހުންނަށް އިންޒާރުގެ ނޯޓިހެއް
އެޕަލްގެ މެކްބުކް ޕްރޯ ބޭނުންކުރާ މީހުންނަށް އިންޒާރުގެ ނޯޓިހެއް

އެޕަލް އިން ބުނި ގޮތުގައި ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި 2015-2017 އާ ދޭތެރޭ ވިއްކި ޖެނެރޭޝަން 15-އިންޗީގެ މެކްބުކްގެ ޕްރޯގެ ބެޓެރިއަކީ ވަރަށް އަވަހަށް ހޫނުވުމުގެ މައްސަލަ ކުރިމަތިވާ އެއްޗެކެވެ. އެހެންވެ، މެކްބެކް ޕްރޯ ބޭނުން ކުރާ މީހުންގެ ސަލާމަތަށް މިކަމުގެ ސަބަބުން ނުރައްކާވެދާނެ ކަމަށް ބުންޏެވެ.

އެޕަލް އިން ބުނީ އެ ވާޝަން ބޭނުންކުރާ މީހުން އެ އެއްޗެހި ބޭނުން ކުރަން ހުއްޓާލައި، އެޕަލްއާ މެކްބުކްތައް ހަވާލު ކުރުމުން ބަދަލު ވެސް ދޭނެ ކަމަށެވެ.

"ބެޓެރީގެ މައްސަލަ ހުރީ ސެޕްޓެމްބަރު 2015 އާއި ފެބްރުއަރީ 2017 އާ ދޭތެރޭ ވިއްކި މެކްބުކްގެ ޖެނެރޭޝަން ފަނަރަ އިންޗީގެ މެކްބުކް ޕްރޯގައި. އެ ނޫން މެކްބުކްގެ ބެޓެރީގައި އެއްވެސް މައްސަލައެއް ނޫޅޭނެ،" އެޕަލް އިން ބުންޏެވެ. "އަހަރެމެންގެ އެންމެ ބޮޑަށް އިސްކަންދޭ ކަމަކީ ކަސްޓަމަރުންގެ ރައްކާތެރިކަން. އެހެންވެ ޖެނެރޭޝަން ފަނަރަ އިންޗި މެކްބުކް ޕްރޯ ބޭނުން ކުރުން ހުއްޓާލަން އެދެން."

އެޕަލް އިން ބުނީ ބެޓެރީއާ ބެހޭ މައުމޫލާތުތަކެއް އޭގައި ހިމަނާފައި ވާނެ ކަމަށެވެ. އެހެންވެ އިރުޝާދާ އެއްގޮތަކަށް އަމަލުކުރުން ވެސް މުހިއްމު ކަމަށް ބުންޏެވެ.

ޖެނެރޭޝަން 15-އިންޗީގެ މެކްބުކްގެ ޕްރޯގެ ބެޓެރީގައި މައްސަލަ ހުރި ވާހަކަ އެޕަލް އިން ހިއްސާކޮށްފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން 13-އިންޗީގެ މެކްބުކް ޕްރޯގެ ބެޓެރީގައި ވެސް މައްސަލަތަކެއް ހުރި ކަމަށް ބުނެފައި ވަނިކޮށެވެ. ނަމަވެސް އެ ވާޝަނުގެ ސަބަބުން މިހާތަނަށް އެއްވެސް ހާދިސާއެއް ކުރިމަތިވިކަމުގެ ރިޕޯޓެއް ލިބިފައެއް ނެތެވެ.