ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ
ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ

ގަލޮޅު އެސްބަރީގައި އަލިފާން ރޯވެ، ޖެހިގެން ހުރި އެހެން ގެއަކަށް ވެސް ގެއްލުންތަކެއް މިރޭ ލިބިއްޖެ އެވެ.

ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ
ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ

އަލިފާންގަނޑު ކޮންޓްރޯލްވި ފަހުން އަންހެނަކު ވަނީ އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ދުމުގެ ސަބަބުން އޭނާ އަށް ނޭވާލާން އުނދަގުވީ ކަމެއް ނުވަތަ އެހެން ގެއްލުމެއް ލިބުނީކަމެއް އަދި ނޭނގެ އެވެ.

ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ
ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ

"ބޭރު ފުށުން އަނިޔާއެއް ނުފެނޭ،" އެ ތަނުގައި ހުރި "މިހާރު"ގެ ރިޕޯޓަރަކު ބުންޏެވެ.

ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ
ގަލޮޅު ގެއެއްގައި އަލިފާން ރޯވެއްޖެ

އަލިފާންގަނޑު ނިންވާލުމާ އެކު އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުންގަނޑު ފެތުރުނެވެ. އެކަމަކު މިހާރު ދުމުގެ އަސަރު ވެސް ވަރަށް ބޮޑަށް ވަނީ ފިލައިފަ އެވެ.

ގާތްގަނޑަކަށް 10 ޖަހާކަންހާ އިރު އެސްބަރީގައި ހިނގި މި ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ޖެހިގެން ހުރި ގެއެއްގެ ބައެއްގައި ވެސް ހިފި އެވެ. އެކަމަކު އެމްއެންޑީއެފް އާއި ފުލުހުންގެ މަސައްކަތުން ، ބައި ގަޑިއެއްހާ އިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކުރި އެވެ.

އަލިފާން ރޯވީ ކީއްވެގެންކަމެއް ނޭނގެ އެވެ. އަދި ދެ ގެއަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން ވެސް ކަމާ ބެހޭ ފަރާތްތަކުން އަދި އެއްޗެކޭ ނުބުނެ އެވެ.