ކަރަންޓު ފޮށި މައްޗަށް އިމާރާތަކުން އެއްޗެއް ވެއްޓި، ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ
ކަރަންޓު ފޮށި މައްޗަށް އިމާރާތަކުން އެއްޗެއް ވެއްޓި، ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ

އިމާރާތެއް ތަޅަނިކޮށް، މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގެ މައްޗަށް ކޮންކްރީޓްގަނޑެއް ވެއްޓި އެ ސަރަހައްދުގެ ބައެއް ގެތަކުން މިރޭ ކަރަންޓު ހިނގައްޖެ އެވެ.

ފުލުސް އޮފީހުން ބުނީ މ. އަސުރުމާ ގޯޅީގައި ހުރި ގެއެއް ތަޅާލުމުގެ ތެރޭގައި އެ ގޯޅިތެރޭގައި ހުރި ޑިސްޓްރިއުބިިއުޝަން ފޮށިމައްޗަށް ކޮންކްރީޓްގަނޑެއް ވެއްޓިގެން މިރޭ ނުވައެއް ޖަހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި ޑިސްޓްރިބިއުޝަން ފޮށި ހަލާކުވެގެން ކަރަންޓު ދިޔައީ އެ ފޮށިން ކަރަންޓު ދޫކޮށްފައި ހުރި ބައެއް ގެތަކުންނެވެ. އެކަމަކު މައްސަލަ ހައްލު ކުރުމަށް އެ ސަރަހައްދުގެ ހުރިހާ ގެއަކުން ކަރަންޓު ކަނޑާލާފައިވާ ކަމަށް އެތަނުން ބުންޏެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި މައްސަލަ ހައްލުކޮށް، އަލުން ކަރަންޓު ދިނުމަށް ގަޑިއެއްހާއިރު ވާނެ އެވެ.

އިމާރާތްކޮށް ނުވަތަ ތަޅާލާ ގެތަކުން އެއްޗެހި ވެއްޓިގެން މި ފަހުން ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މި މަހު 10 ވަނަ ދުވަހު ވެސް ވަނީ އިމާރާތެއް ތަޅަނިކޮށް، ކޮންކްރީޓްގަނޑެއް ވެއްޓި ޖެހިގެން ހުރިގޭ ފާރަށް ގެއްލުންވެފަ އެވެ.