20 ޖޫން 2019 - 19:13

މާފުށީ ޖަލުގެ ގައިދީއަކު، އެ ތަނުގެ އޮފިސަރަކަށް ހަމަލަދީ މިއަދު ޒަޚަމްކޮށްލައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ނަސީމް ވިދާޅުވީ، އޮފިސަރަކަށް ހަމަލަދިނީ މާ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ނޫން ކަމަށެވެ.
އެއީ އެކަކު ނުވަތަ ގިނަ ގައިދީންތަކެއް ގުޅިގެން ހިންގި ކަމެއްތޯ ސުވާލު ކުރުމުން ނަސީމް އެއްވެސް ތަފުސީލެއް ނުދެއްވި އެވެ. ހަމަ އެކަނި ވިދާޅުވީ "ބޮޑު ހަމަނުޖެހުމެއް ނުހިނގާ" ކަމަށެވެ.
ޒަހަމްވި އޮފިސަރަށް ލިބިފައި ވަނީ ކިހާ ވަރެއްގެ އަނިޔާއެއްކަން އެނގޭނީ ނަސީމް ވިދާޅުވި ގޮތުގައި، މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުންނެވެ.
އޮފިސަރަށް ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި އާއްމު ހާލަތަށް މިހާރު ޖަލު ގެނެސްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.