21 ޖޫން 2019 - 08:33

ރެޑްވޭވުން މިދިއަ ރޯދަމަހަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ "ރެޑްވޭވް ރޯދަ ސޭލް"ގެ ނަސީބުވެރިން ހޮވައިފި އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރި މީހުންގެ މެދުގައި ގުރުއަތު ނެގުން އޮތީ މިއަދު ހެނދުނު ހުޅުމާލޭ ރެޑްވޭވް މެގަ މޯލުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ރީޓެއިލް ފިހާރާގައި އޮތް ގުރުނެގުމުގައި އެއް ވަނައަށް ހޮވުނު ފަރާތަށް އެއް ލައްކަ ރުފިޔާ ލިބެ އެވެ. މި އިމާނު ލިބުނީ ކޫޕަން ނަންބަރު 56415އާ އެކު މުހައްމަދު ޝިޔާމަށެވެ.
އޭގެ އިތުރުން 25 އިނާމު ލިބޭ 25 ކޫޕާން ނެގި އެވެ. އިނާމުތަކުގެ ތެރޭގައި ތަފާތު ބްރޭންޑުގެ ގޮދަޑި އާއި ސޯފާ ސެޓާއި ޑިނާ ސެޓާއި ބަދިގޭގެ ސާމާނު ހިމެނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވުން ބުނީ މި ޕްރޮމޯޝަނުގައި 150،000 އަށް ވުރެ ގިނަ ކޫޕަން ލިބުނު ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ކާމިޔާބު ޕްރޮމޯޝަނެއް ކަމަށް ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮމޯޝަނަށް ލިބުނު ކާމިޔާބާ ގުޅިގެން ކުރިއަށް ހުރި ޕްރޮމޯޝަންތަކުގައި އެ ފިހާރައިން ލިބޭ ސާމާނުގެ އަގު ހެޔޮކޮށް ގިނަ އިިނާމްތައް ހުށަހަޅާނެ ކަމަށެވެ.