21 ޖޫން 2019 - 07:50

ކުރާ ޓްވީޓްތަކުގައި، އެ މީހަކު އެ ވަގުތަކު ހުރި ތަނެއް ގިނަ ބަޔަކު ޓެގް ނުކުރާތީ އެ ފީޗާ އާންމުކޮށް ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.
ޓްވިޓާގެ ރަސްމީ އެކައުންޓުން ބުނީ މީގެ ސަބަބުން ޓްވިޓާ ބޭނުންކުރާ މީހުންނަށް އިތުރަށް ފަސޭހަ ވާނެ ކަމަށެވެ. އަދި އާންމުކޮށް ގިނަ ބަޔަކު ބޭނުން ނުކުރާ ފީޗާއެއްގެ މުހިއްމުކަން ކުޑަ ކަމަށާއި މިކަމުގެ ސަބަބުން ޓްވިޓާގެ "ރައްކާތެރިކަން" އިތުރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ. އެހެންވެ "ލޮކޭޝަން" ފީޗާ އޮފްކޮށްފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޓްވިޓާ އިން ބުންޏެވެ.
ނަމަވެސް ޓްވިޓާ އިން ލައިވެއް ކުރާ ނަމަ ލޮކޭޝަން ޓެގް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން ކެމެރާ ބޭނުން ކުރާ ހާލަތްތަކުގައި އެ ފީޗާ ބޭނުން ކުރެވޭނެ އެވެ.
ޓްވިޓާ އަކީ މިހާރު އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ސޯޝަލް ޕްލެޓްފޯމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ޓްވިޓާގެ އެކްޓިވް ޔޫޒަރުންގެ އަދަދު މިހާރު 32 މިލިއަނަށް ވުރެ ގިނަ އެވެ.