ދިރާގުގެ މޮބައިލް ނެޓްވޯކުގައި މައްސަލަ ޖެހިއްޖެ
ދިރާގުގެ މޮބައިލް ނެޓްވޯކުގައި މައްސަލަ ޖެހިއްޖެ

ދިރާގުގެ މޮބައިލް ނަންބަރުތަކަށް ގުޅުމަށާއި ޑޭޓާ ބޭނުން ކުރުމުގައި މައްސަލަތައް ދިމާވެ، ބައެއް ޚިދުމަތްތަކަށް ރެ އިން ފެށިގެން ބުރޫ އަރައިފި އެވެ.

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ އެންމެ ބޮޑު އޮޕަރޭޓަރު ދިރާގުގެ މޮބައިލް ނަމްބަރުތަކަށް ރޭ ފަތިހުން ފެށިގެން ނުގުޅެ އެވެ. ޑޭޓާ ވެސް ނުލިބެ އެވެ. އެގޮތުން، މޮބައިލް ފޯނުތަކަށް ގުޅުމުން އަންނަ އެނައުންސްމަންޓްގައި ބުނަނީ ފޯނުތަކަށް ގުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދިރާގުން ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މާފަށް އެދެމުން ދިރާގުން ބުނީ އެކަން ވީ އެންމެ އަވަހަކަށް ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.