ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް އުރީދޫން ފަށައިފި
ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް އުރީދޫން ފަށައިފި

މަސައްކަތުގެ މައިދާނުގައި ކާމިޔާބީ ހޯދަން ބޭނުންވާ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދޭ ޕްރޮގްރާމެއް އުރީދޫން އިއްޔެ ތައާރަފްކޮށްފި އެވެ.

ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް އުރީދޫން ފަށައިފި
ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް އުރީދޫން ފަށައިފި

އުރީދޫން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުރީދޫގެ ޔޫތު އެމްބެސެޑަ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ދާނީ ބ. އޭދަފުށީގައި ކަމަށެވެ.

ޒުވާން ވިޔަފާރިވެރިންނާއި އެކި ދާއިރާތަކުގައި އިސްވެ މަސައްކަތް ކުރާނެ ޒުވާނުންނަށް ހާއްސަކޮށްގެން ތައާރަފްކުރި މި ޕްރޮގްރާމްގެ ފުރަތަމަ ބަޔަކީ، އުރީދޫން ބުނި ގޮތުގައި، އެއް ދުވަހުގެ ޓްރެއިނިން ސެމިނާއެކެވެ. މި ސެމިނާގައި ވިޔަފާރީގެ އުކުޅުތައް، ބިޒްނަސް ކޮމިއުނިކޭޝަން، ކަސްޓަމަ ސެންޓްރިސިޓީ، މަސައްކަތުގެ އަދަބުތައް އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތްތައް ފަދަ މުހިއްމު މައުލޫތަކަށް އަލިއަޅުވާލާމެ ކަމަށް އުރީދޫން ބުންޏެވެ.

އެ ސެމިނާގައި ބައިވެރިވާ ފަރާތްތަކަށް ދޭ އެސެސްމަންޓްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ބައިވެރިންނަށް އުރީދޫގައި ތިން މަސްދުވަހުގެ އިންޓާންޝިޕެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. އުރީދޫގެ ޓީމާ އެކު ކުރިއަށް ގެންދެވޭ އެ ތަމްރީނުތަކުން ހަގީގީ ވިޔަފާރީގެ މާހައުލަށް ލޯ ހުޅުވި، ވިޔަފާރި އަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިންޓާންޝިޕުގެ ދުވަސްވަރު އެންމެ ރަނގަޅަށް މަސައްކަތް ކުރާ މީހަކަށް، ބިޒްނަސް މެނޭޖްމަންޓް ޑިޕްލޮމާ ކޯހެއް ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން އުރީދޫން ވަނީ ނިންމާފަ އެވެ.

"މިއީ ސްކޫލް ނިންމައި ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުން ތަމްރީނުކޮށް، ވަޒީފާގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، ޑިޖިޓަލްވެފައިވާ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މަގުފަހިކޮށްދޭނެ ޕްރޮގްރާމެއް،" ބަޔާނުގައިވެ އެވެ.

އުރީދޫން ބުނީ މި ޕްރޮގްރާމް ރާއްޖޭގެ އެހެން ހިސާބުތަކަށް ފުޅާކުރަން ވެސް ނިންމާފައިވާ ކަމަށެވެ.