18 ޖޫން 2019 - 14:44

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތް ނިންމާލައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލުން) މިއަދު ބުނީ އެއާޕޯޓުގައި ތަރައްގީ ކުރާ ކާގޯ ޓާމިނަލުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު އެ ޓާމިނަލުގެ ސްޓްރަކްޗާ ނިމި ފުރާޅު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި ޓާމިނަލުގައި މިހާރު ނުނިމި ހުރީ ފްލޯތައް ވަކިކުރުމަށް ޝީޓު އެޅުން އެކަންޏެވެ.
މިއީ ޗައިނާގެ ބެއިޖިންގުގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ގުޅިގެން 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެެކެވެ.
ވެލާނާ އިިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރާ މި ކާގޯ ޓާމިނަލުގައި އެއްފަހަރާ 120،000 މެޓްރިކް ޓަނުގެ މުދާ ރައްކާކުރެވޭނެ އެވެ.