ހަކަތައިގެ ދާއިރާ ކުރިއަރުވަން އީޔޫ އިން އެހީވަނީ
ހަކަތައިގެ ދާއިރާ ކުރިއަރުވަން އީޔޫ އިން އެހީވަނީ

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއަރުވަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހަކަތައިގެ ދާއިރާ ކުރިއަރުވަން އީޔޫ އިން އެހީވަނީ
ހަކަތައިގެ ދާއިރާ ކުރިއަރުވަން އީޔޫ އިން އެހީވަނީ

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އީޔޫގެ އެމްބެސެޑަރު ޓުންގް ލަރީ އެވެ.

ހަކަތައިގެ ދާއިރާ ކުރިއަރުވަން އީޔޫ އިން އެހީވަނީ
ހަކަތައިގެ ދާއިރާ ކުރިއަރުވަން އީޔޫ އިން އެހީވަނީ

މިއީ، ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) މަޝްރޫއުގެ ދަށުން ވީ އެއްބަސްވުމެކެވެ. ހަކަތައިގެ ދާއިރާ ތަރައްގީ ކުރަން ފަސް މިލިއަން ޔޫރޯގެ ހިލޭ އެހީ ދޭން އީޔޫން ވަނީ ނިންމައިފަ އެވެ.

މީގެއިތުރުން ގއ. އަދި ގދ. ގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޕޮއިސްޑް މަޝްރޫއުގައި ހިމެނޭ ރަށްތަކުގައި ސޯލާ ޑީސަލް ބެޓަރި ހައިބްރިޑް ސިސްޓަމްތަކެއް ގާއިމް ކުރާނެ އެވެ.

މި ފޯރަމްގެ ތެރޭގައި، އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި އެކު ވެސް ރާއްޖެއިން ވަނީ 10 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މީގެ ތެރޭގައި ސަސެކްގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސިންގަލް ވިންޑޯ މަޝްރޫ އަށް ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އޯޑިނަރީ އޮޕަރޭޝަންސް ކޮންސެޝަނަލްގެ ދަށުން ލޯނުގެ ގޮތުގައި ދޭ ފަސް މިލިއަން ޑޮލަރު ހިމެނެ އެވެ.

ރާއްޖޭގެ ތަރައްގީ އަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ކުރިއަށްގެންދާ ޕާޓްނާޝިޕް ފޯރަމުގައި ތަފާތު އެކި މަޝްރޫއުތަކުގައި ވަނީ ސޮއިކޮށްފަ އެވެ.