އުރީދޫގެ އެމް-ފައިސާއަށް ޓެލެކޮމް އޭޝިއާގެ ހާއްސަ އެވޯޑެއް ލިބިއްޖެ
އުރީދޫގެ އެމް-ފައިސާއަށް ޓެލެކޮމް އޭޝިއާގެ ހާއްސަ އެވޯޑެއް ލިބިއްޖެ

އުރީދޫ އެމް-ފައިސާ އަށް ޓެލެކޮމް އޭޝިއާގެ "މޯސްޓް އިނޮވޭޓިވް މޯބައިލް ޕޭމެންޓް އެޕްލިކޭޝަން" އެވޯޑު ލިބިއްޖެ އެވެ.

މި އެވޯޑު އުރީދޫ އަށް ލިބުނީ މި އަހަރުގެ ޓެލެކޮމް އޭޝިއާގެ އެވޯޑު ހަފްލާގަ އެވެ.

އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަނުން މޯބައިލް ފޯނު މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން ޓްރާންސްފާ ކުރުމާއި ވިޔަފާރި ކުރުން ފަދަ ހިދުމަތްތައް ކުރެވެ އެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާ އިން އެކި ޚިދުމަތްތަކުގެ ބިލް ވެސް ދެއްކެ އެވެ.

މި އެވޯޑުގެ އިތުރުން ވެސް އެހެންތިން ކެޓަގަރީއެއްގައި އުރީދޫ ނޮމިނޭޓުވި އެވެ. "ބެސްޓު އިމާޖިން މާކެޓް އޮޕަރޭޓާ" އެވޯޑާއި "މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް" އެވޯޑަށް ނޮމިނޭޓުވީ އެ ކުންފުނިން ކުރިއަށްގެންދާ ނިރު އެކްސަލަރޭޓާ ޕްރޮގްރާމެވެ. މީގެ އިތުރުން "މޮސްޓް އިނޮވޭޓިވް ސޯޝަލް މީޑިއާ ސްޓްރެޓެޖީ"ގެ އެވޯޑަށް އުރީދޫ ނެކްސްޓު ނޮމިނޭޓުވި އެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އެ އެވޯޑުން ހިތްވަރު ލިބި ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ރާއްޖެ އަކަށް އެއްބާރުލުންދީ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ފާގަތިކަން ގެނެސްދޭ ޚިދުމަތްތަކާއި ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.