19 ޖޫން 2019 - 07:33

މިހާރު ޝޫޓް ކުރަމުން އަންނަ، އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" ގެ ރޯލަކަށް ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ސޮއިކޮށްފި އެވެ.
ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގައި ހިންދީ ސިނަމާ އަށް "ގްލެމާ އާއި ޒަމާނީ ފެޝަން" ގެނެސްދިން ބަތަލާ އަޝުތޯޝްގެ ފިލްމުން ފެންނާނީ ސަކީނާ ބޭގަމް ކިޔާ ނުފޫޒުގަދަ ކެރެކްޓާއަކުންނެވެ. އެކަމަކު އޭނާގެ ރޯލް ފިލްމުގައި އެހާ ބޮޑު ނުވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
މި އަހަރު ޑިސެމްބަރު 6 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޕާނިޕަޓް" ގެ ލީޑް ތަރިންނަކީ އަރުޖުން ކަޕޫރާއި ކްރިތީ ސެނަން އެވެ. އަދި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، ރޭކާ، ކުރީގެ ބަތަލާ ޕަދުމިނީ ކޯލަޕޫރީ ކުރީގެ މަޝްހޫރު އެކްޓަރު ޝަޝީ ކަޕޫރުގެ ދޮށީ ފިރިހެން ދަރި ކުނާލް ކަޕޫރް އަދި މޯނިޝް ބޭލް ހިމެނެ އެވެ.
"ޔާދޯން ކީ ބާރާތު" އާއި "ޑޮން" އަދި "ގުރުބާނީ" އާއި "ދޯސްތާނާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޒީނަތު، 67، އަކީ ދޭތެރެ ދޭތެރެ އިން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ.
އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2014 ގައި ރިލީޒް ކުރި "ސްޓްރިންގްސް އޮފް ޕެޝަން" އިންނެވެ.