ސީރިއާގެ ހަލަބަށް ކްލޮރިން ބޮން އަޅައިފި
ސީރިއާގެ ހަލަބަށް ކްލޮރިން ބޮން އަޅައިފި

ދިމިޝްގު (ސެޕްޓެމްބަރު 7) - ސީރިއާ ސަރުކާރު ސިފައިންގެ ހެލިކޮޕްޓަރުތަކުގައި ހަލަބް ސިޓީ އަށް ކްލޮރީން ބޮން އަޅާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސީރިއާގެ ހަލަބަށް ކްލޮރިން ބޮން އަޅައިފި
ސީރިއާގެ ހަލަބަށް ކްލޮރިން ބޮން އަޅައިފި

ވޮލަންޓިއަރުންނާއި އިމަޖެންސީ މަސައްކަތްތެރިން ބުނެފައި ވަނީ ކްލޮރިން ބޮން އެޅުމުގެ ސަބަބުން 80 މީހުން ޒަޚަމްވެ ހަލަބުގެ ސުކާރީ ސަރަހައްދުން ބައެއް މީހުންނަށް ނޭވާލާން އުނދަގޫވި ކަމަށެވެ.

އދ. އިން އިސް ނަގައިގެން އޮގަސްޓް މަހު ކުރި ތަހުގީގެއްގައި ވަނީ ސީރިއާގައި ދެ ފަހަރެއްގެ މަތިން ކްލޮރިން ގޭސް ބޭނުންކޮށްފައިވާކަން ހާމަވެފަ އެވެ. އެކަމަކު ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ސީރިއާ ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ސީރިއަން ސިވިލް ޑިފެންސް ރެސްކިއުގެ މެންބަރެއް ކަމަށްވާ އިބްރާހިމް އަލްހާޖު ބުނީ ހެލިކޮޕްޓަރުތަކުން ކްލޮރިން ބޮން އެޅިތާ މާގިނައިރެއް ނުވަނީސް އޭނާ އަށް އެ ސަރަހައްދަށް ދެވުނު ކަމަށެވެ. ވޮލަންޓަރީ އިމަޖެންސީ ޓީމުން ވަނީ އޮކްސިޖަން މާސްކް އަޅައިގެން ތިބި ކުޑަ ކުދިންގެ ފޮޓޯތައް ފޭސްބުކުގައި އާއްމުކޮށްފަ އެވެ.

ސީރިއާގައި ކްލޮރިން ގޭސް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފައިވާ އިރު ސީރިއާގައި އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމުގެ އާ ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ލަންޑަނުގައި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަންގެ ބެއްލެވުމުގެ ދަށުން ލަންޑަނުގައި ބާއްވާ ބައްދަލުވުމުގައި ސީރިއާގެ އެންމެ ބޮޑު އިދިކޮޅު ކޯލީޝަން، ހައި ނިގޯޝިއޭޝަންސް ކޮމިޓީ އާއި ފްރެންޑްސް އޮފް ސީރިއާ ގްރޫޕުގެ ޚާރިޖީ ވަޒީރުން ބައިވެރިވާނެ އެވެ.