16 ޖޫން 2019 - 10:40

ސިނަމާލޭ ބްރިޖް ހައިވޭގައި ޖަހާފައި ހުރި ލަކުޑި ޑިވައިޑާތަކުގައި ޕިކަޕެއް ޖެހި އަނެއްކާވެސް ފުނޑުފުނޑު ވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 2:14 ހާއިރު އެ އެކްސިޑެންޓް ހިނގީ ޕިކަޕުގެ ކުރީ ދެ ފުރޮޅު ފަޅައިގެންގޮސް ކޮންޓްރޯލް ގެއްލުމުންނެވެ. އެ އެކްސިޑެންޓްގައި ޑިވައިޑާތައް ފުނޑުފުނޑުވުމުގެ އިތުރުން އެމްޓީސީސީގެ ބަހެއްގައި ވެސް ޖެހި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ ޕިކަޕު ދުއްވަން އިން މީހާ އަކީ ލައިސަންސް އޮތް މީހެއް ކަމަށެވެ.
މީގެ ކުރިން ވެސް ހަތަރު ފަހަރަކު ވަނީ ޑިވައިޑާތަކުގައި ޖެހި އެކްސިޑެންޓުވެގެން، ޑިވައިޑާތައް ހަލާކުވެފަ އެވެ.