13 ޖޫން 2019 - 20:48

ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ހިނގަމުން އެބަދެ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ އިހްތިސާސްތަކާ ޚިލާފަށް އަދުލުގެ އިންސާފުގެ ބާރަށް ހުރަސް އެޅުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
ޖުޑީޝަލް ކައުންސިލްގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ސުޕްރީމް ކޯޓުން ކަނޑައަޅާ ދެ މެޖިސްޓްރޭޓެކެވެ.
ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީން އިއްޔެ ސަސްޕެންޑް ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ހުއްޓުވައި، އިތުރު ފިޔަަވަޅެއް ނާޅަން އަމުރުކޮށްފަ އެވެ.